ޅައިމަގު ބަނދަރު މަސައްކަތުގެ ތަފްސީލް ރައީސަށް ދެއްވައިފި

ޅައިމަގު ބަނދަރު މަސައްކަތުގެ ތަފްސީލް ރައީސަށް ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2021 06:24
0

ށ.ޅައިމަގު ބަދަރުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ށ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅައިމަގު ބަނދަރު މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލެއްވިއެވެ. ޅައިމަގު ބަނދަރުގެ އަޕްޑޭޓް ރައީސަށް ދެއްވީ މިމަސައްކަތް ކުރާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

ޅައިމަގު ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން އެރަށު ބަނދަރަށް 276 މީޓަރުގެ ސަރަޙައްދެއް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 350 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި، 500 މީޓަރުގެ ސަރަޙައްދުގައި ރިވެޓްމަންޓްޖެހުމާއި، އެއް ތިރީސް ހާސް ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ށ.ޅައިމަގު ބަނދަރު ބޮޑުކުރާއިރު، މިއީ ޒަމާނީ ފެންވަރަކަށް ތަރައްޤީކުރާ ބަނދަރެކެވެ. ޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ތޭރަ ސަތޭކަ އަށްޑިހަ އަކަމީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓްލުމާއި، މަގު ބައްތި ހަރުކުރުން ހިމެނެއެވެ.

ޅައިމަގު ބަނދަރު ބޮޑުކުރުމުގެ މަސައްކަތަކީ ސަރުކާރުން 56.3 މިލިއަން ރުފިޔާ ޚަރަދުކުރައްވާ މަޝްރުޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.