ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ: އެމްއާރުއެމް

ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ: އެމްއާރުއެމް

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2021 02:24
0

ރާއްޖޭގެ ޝަރުއީ ނިޒާމުގެ ހައިބަތާއި، ގަދަރުވެރިކަން ދެމެހެއްޓުމަށް، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ބުނެފިއެވެ.

ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ޝަރުޢީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި މިމަހުގެ 4 ވަނަ ދުވަހު ކުރީގެ ބައެއް ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުން ނޫސްވެރިންނާއި ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކަކީ އިންޞާފު ޤާއިމުކުރުމަށާއި، ޝަރުޢީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި މެދު ރައްޔިތުންގެ ހިތްތަކުގައި ވަހުމާއި ނަފުރަތު އުފެދި، އެ މަސައްކަތަށް ހުރަސްއެޅިދާނެ ފަދަ ވާހަކަތަކެއް ކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.

ޝަރީޢަތާށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ޢަމަލުތައް ހުއްޓުވޭނީ، އެ ނިޒާމަށް ނުފޫޒު ފޯރުވުމަށް މިފަދަ ސިޔާސީ އެކިއެކި ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ހަމަތަކުގެ ތެރެއިން އެކަށޭނަ ފިޔަވަޅުތައް އަޅައިގެން ކަމަށް މި ޕާޓީން ދެކެން.

– އެމްއާރުއެމްއިން ބުނެފައިވެއެވެ.

ޢަދުލުއިންސާފުގެ ނިޒާމު ހަރުދަނާކުރުމާއި، ހަމަހަމަކަން ޤާއިމުކޮށް، ޤާނޫނުގެ ހުދޫދުގެ ތެރެއިން މަސައްކަތްކުރާ ޒަމާނީ ޑިމޮކްރަސީއަކަށް ވެށި ފަހި ކުރުމަކީ އެމްއާރުއެމްގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަމަކަށްވާއިރު. އަދި ޝަރުޢީ ނިޒާމުގެ މިނިވަންކަމާއި، އެ ނިޒާމަކީ ރައްޔިތުން އިތުބާރުކުރާ ނިޒާމެއް ކަމުގައި ވުމަކީ އެ އަސާސްތައް ދެމެހެއްޓުމުގެ މުހިއްމު އުންސުރުތަކެއްކަމަށް ވަނީ ބުނެފައެވެ.

ހަމައެހެންމެ، މިއީ، ފަނޑިޔާރުންނަށާއި ހަރުދަނާވަމުންދާ މުޅި ޝަރުޢީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށްޓަކައި، ކުރެވޭ ސިޔާސީ މަސައްކަތެއްކަމަށް އެމްއާރުއެމްއިން ބުނެފައިވެެއެވެ. އަދި މުޖުތަމަޢުގެ އަމާންކަމާއި، ބާރުތައް ވަކިވެފައިވާ ހަރުދަނާ ޝަރުޢީ ނިޒާމެއް ޤާއިމްކުރުމަށް އެ ދާއިރާގެ ތެރެއިން ކުރެވެމުންދާ މަސައްކަތްތަކަށާއި، އެކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކަށް ހުރަސްއެޅޭގޮތަށް މިފަދަ ވާހަކަތައް ފެތުރުން އެޕާޓީން ވަނީ ކުށްވެރިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
ފުރަތަމަ ޒަޢީމާއި އެމަކުނުފާނުގެ އައުވާނުން އަލުން ޖަލަށްލާ! އެންމެ ބޮޑަށް ތިޔަކަން ކުރިބަޔަކީ އެއީ. ދެން ފެންނަނީ ދަރިވަރުން. އަދިވެސް އެމީހުންވަރެއް ނުވާނެ.
H Halaaku
Fiyavalu alayya alahjeheane sarukaarasha.koolishanah kure verikamugaves kihaavarakantho nufoozu fooruve mooveya atchehi harukongena miharu thiote goonin bearuvefa
މ މާސްކިންޓޭޕް
އަޅުގަނޑު ބޭނުންކުރައްވައިގެންވެސް މަނިކުފާނު ހަނުހުންނެވުން ބުއްދިވެރި. މީސްމީހުންގެ އނގަ ގޮއްވަން ނޫޅުއްވާ!
m mohonA
ނުފޫޒު އެންމެބޮޑަށް ފޯރުވީ ކާކުތޯ؟ އޮޅިއްޖެ!؟