މިހާރު ރާއްޖޭގައި އަމަލު ކުރަމުންދާ ނިޒާމަކީ ރާއްޖެއަށް އެކަށިގެންވާ ނިޒާމެއް ނޫންކަމަށާއި، ވަގުތުން، ވަގުތަށް ކައުންސިލްތައް ސަސްޕެންޑް ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ގެނެސްފައިވާ ބަދަލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މިއަދު ރާއްޖޭގައި 200 ސަރުކާރު އެބައޮތްކަމަށެވެ. ކޮންމެ ރަށެއްގައޮ އޮތް ކައުންސިލަކީ ވަކި ސަރުކާރެއްކަމަށް ދެކި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.
ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ މީހުންނަށް މިއަދު އެފުރުސަތު ބަންދުވެ، ރަށްރަށަށް އިންވެސްޓަރުންނާއިއެކު ދިއުމުން ކައުންސިލްތަކުން ހިތުހުރި ގޮތަކަށް ކަންކަން ކުރާކަމީ ކަންބޮޑުވާކަމެއްކަމަށް ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލްތަކުން ވަކި ގަވާއިދުތަކެއް އަދި މިނިސްޓްރީތަކުން ވަކި ގަވާއިދުތަކެއް ހަދައިގެން ރާއްޖޭގައި ކަންކަން ނުކުރެވޭނެކަމަށެވެ. ރާއްޖެއަކީ ފެޑެރަލް ނިޒާމަކަށް ހިނގާ ގައުމަކަށް ހެދޭނީ މިހާރު އޮތް ކައުންސިލްތައް ސަސްޕެންޑްކޮށްގެން ކަމަށާއި، އެކަން ވަގުތުން ވަގުތަށް ކުރުމަށް ޖާބިރުވަނީ ސަރުކާރަށް ގޮވާލާފައެވެ.
ޖާބިރު ވިދާޅުވީ މިއަދު އޮތް ނިޒާމުގެ ތެރެއިން ރާއްޖެއަށް ކުރިއެރުން ނުލިބޭނެކަމަށެވެ. އިންވެސްޓަރުންވެސް ރާއްޖެއާއި ދުރަަށްޖެހި، ރާއްޖެއަށް ލިބެންޖެހޭ ތަރައްޤީ އެކަށީގެންވާ މިންވަރާއި ގާތަށްވެސް ނުލިބޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ