މަންޒުކިޗް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

މަންޒުކިޗް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

Author
ޔޫސުފް
04 ސެޕްޓެމްބަރ 2021 07:42
0

ކްރޮއޭޝިއާގެ ފޯވާޑް މާރިއޯ މަންޒުކިޗް ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

35 އަހަރުގެ މަންޒުކިޗް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިޢުލާންކުރީ، އިއްޔެގެ ވަގުތެއްގައެވެ. އިޓަލީގެ އޭސީ މިލާނާއި ޔުވެންޓަސް އަދި ޖަރުމަނުގެ ބަޔާން މިއުނިކްގައި ވިދާލި މަންޒުކިޗް އަކީ ކްރޮއޭޝިއާގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.

މަންޒުކިޗް  އެންމެ ފަހުން ކުޅުނު ޓީމަކީ އޭސީ މިލާނެވެ. މަންޒުކިޗް މިލާނާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ ހަފުތާގައި އޭނާއަށް ވަނީ ދެ ޓީމަކުން ހުށަހެޅުން ލިބިފައެވެ.

ކްރޮއޭޝިއާގެ ގައުމީ ޓީމަށް 89 މެޗު ކުޅެދިން މަންޒުކިޗް ވަނީ ގައުމީ ޖާޒީގައި 33 ލަނޑު ކާމިޔާބުކޮށްފައެވެ. އެއާއެކު އޭނާ ވެފައިވަނީ ކްރޮއޭޝިއާއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.