ޖަޕާނުގައި ބޭނުން ކުރަމުންއައި މޮޑާނާ ވެކްސިންގެ ތެރެއިން، އަނެއްކާވެސް ކަޅުކުލައިގެ އެތިކޮޅުތަކެއް ފެނިއްޖެ

ޖަޕާނުގައި ބޭނުން ކުރަމުންއައި މޮޑާނާ ވެކްސިންގެ ތެރެއިން، އަނެއްކާވެސް ކަޅުކުލައިގެ އެތިކޮޅުތަކެއް ފެނިއްޖެ

Author
ހުސެއިން
02 ސެޕްޓެމްބަރ 2021 06:26
0

ޖަޕާނުގައި ޖަހަމުން އައި މޮޑާނާ ވެކްސިންގެ ތެރެއިން، ވެކްސިންގައި އެކުލެވިގެންނުވާ، ކަޅުކުލައިގެން އެތިކޮޅުތަކެއް ފެނި، މޮޑާނާ ކޯވިޑް ވެކްސިންގެ އެއް ބެޗް ބޭނުންކުރުން އެގައުމުގައި ހުއްޓާލާއިފިއެވެ.

ޖަޕާނުގެ ސިއްޙީ އިދާރާތަކުން މައުލޫމާތު ދީފައި ވާގޮތުގައި، މޮޑާނާ ވެކްސިން ފުޅިތަކުގެ ތެރެއިން، ކަޅުކުލައިގެ ކުދި އެތިކޮޅުތަކެއް އެންމެ ފުރަތަމަ ފެނިފައިވަނީ ފާމަސިސްޓަކަށެވެ. އަދި ވެކްސިންފުޅިތަކުގެ ތެރެއިން ކަޅު ކުލައިގެ މިއެރިކޮޅުތައް ފެނިފައިވަނީ، އެގައުމުގެ ކަނަގާވާ ޕްރިފެކްޗަރގައެވެ.

ޖަޕާނުގެ ކަމާ ގުޅުންހުރި އިދާރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ކަޅުކުލައިގަ ހުރި މިއެތިކޮޅުތައް ފެނިފައިވާ ބެޗްގައި ހިމެނޭ ވެކްސިންގެ ތެރެއިން 3,790 މީހެއްގަ ގަޔަށް މި ވެކްސިން ވަނީ ޖަހާފައެވެ. އެހެންނަމަވެސް، މިކަން ފާހަގަ ވީ ހިސާބުން، މި ބެޗްގައި ދެން ހިމެނޭ ވެންސިންތައް މީހުންގެ ގަޔަށް ނުޖަހާ މިހާރުވަނީ ރައްކާތެރި ތަނެއްގައި ބެހެއްޓިފައެވެ.

މިހަފްތާގައި އިތުރު ޑޯޒްތަކެއްގެ ވެކްސިން ނުޖަހާގޮތަށް ޖަޕާނުން ސަސްޕެންޑް ކޮށްފައިވަނީ، އެހެން ކޮންމެވެސް އެއްޗިހިތަކަކާއި މަސްހުނި ވެފައި ހުރުމުގެ ސަބަބުން، ކޯވިޑް19 މޮޑާނާ ވެކްސިންގެ 1.63 މިލިއަން ޑޯޒް ބޭނުންކުރުން އެގައުމުގައި ފާއިތުވެދިޔަ ހަފްތާގައިވެސް މަޑު ޖައްސާލާފައި ވަނިކޮށެވެ.

ޖަޕާނުގެ ފާމަސިސްޓަކަށް ކަޅު ކުލައިގެ މި އެތިކޮޅުތައް ފެނިފައިވަނީ، އާންމު އުސޫލުން ވެކްސިން ޖެހުމުގެ ކުރިން ފުޅީގެ ތެރޭގައި ވެކްސިނާ ނުގުޅޭއް އެއްވެސް އެއްޗެއް ހުރިތޯ ބެލި ބެލުމުގެ ތެރެއިންނެވެ.

އަދި އެހާތަނުން، ޝައްކު ކުރެވޭ ޒާތުގެ އެއްޗެއް ވެކްސިން ފުޅިތަކުގެ ތެރެއިން ފެނިފައިވާ ވެކްސިންތައް މިހާރު، އެ ސަރަހައްދުގައި ވެކްސިން ފޯރުކޮށްދެމުން އައި ފަރާތުންވަނީ އަބުރާ ގެންގޮސްފައެވެ.

ޖަޕާނުގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ވެކްސިންތައް ޖެހުމުގެ ސަބަބުން އަދި އެއްވެސް ފަރާތަކަށް، ސިއްޙީ މައްސަލައެއް ކުރިމަތިވި ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް އަދި ލިބިފައެއް ނުވެއެވެ.

ޖަޕާނުގައި ފާއިތުވެދިޔަ ހަފްތާގައި، ވެކްސިން ފުޅިތަކުގެ ތެރެއިން، ވެކްސިންގައި ނުހިމެނޭ އެއްޗެއް ފެނުމާއި ގުޅިގެން، އެއް ބެޗެއްގެ 560,000 އެއްހާ ވެކްސިންގެ ބޭނުން ކުރުން މިހާރުވަނީ މަޑު ޖައްސާލާފައެވެ.

މިވެކްސިން ފުޅީގައި ބަންދު ކުރާ ފަރާތް ކަމުގައިވާ، ރޯއި ނަމަކަށް ކިޔާ ބޭސް ވިއްކާ ސްޕެއިންގެ ކުންފުނިން ބުނެފައިވަނީ މިހާރު މިމައްސަލަ ތަހުގީގު ކުރަމުން ދާކަމުގައެވެ. އަދި އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލަ ކުރިމަތި ވެފައިވަނީ، ސްޕެއިންގައި ފުޅިތައް ބަންދު ކުރަމުން ދިއުމުތެރެއިން ކަމުގައި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޖަޕާނުގައި ކޯވިޑް19ގެ ހާލަތު އާދަޔާ ޚިލާފަށް ގޯސްވެފައިވާއިރު، ޖަޕާން ފާހަގަ ވެގެން ގޮސްފައިވަނީ، ވެކްސިން ޖެހުމުގައި ލަސް ގައުމުގެއްގެ ގޮތުގައެވެ. މި ގޮތުން މިހާތަނަށް އެގައުމުގައި އާބާދީގެ %40އަށް ދެޑޯޒް ޖަހާ ނިންމާފައިވާއިރު، ފުރަތަމަ ޑޯޒް ޖަހާ ނިންމިފައިވަނީ އާބާދީގެ %50 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.