ސަބްލީޒް އެގްރިމެންޓެއްގެ ދަށުން ރިހިވެލި ރިސޯޓް ހިންގަމުން އައި ފްރާންސް ކުންފުނީގެ މުވައްޒަފުން އެތަނުން ގަދަކަމުން ބޭރުކުރަން ބަޔަކު މަސައްކަތްކޮށް ރިސޯޓްގައި ހަމަނުޖެހުންތަކެއް ހިންގައިފިއެވެ.
މިހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ރިހިވެލި ރިސޯޓަށް ބަޔަކު އަރައި ހަމަނުޖެހުން ހިންގާކަމުގެ މައުލޫމާތު މިއަދު 4 ޖަހާ ކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. ފުލުހުން މަސައްކަތް ކުރަމުންދަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް ކަމަށެވެ. އަދި އިތުރު ހަމަ ނުޖެހުމެއް ހިނގިޔަ ނުދިނުމަށް ފުލުހުން އެރިސޯޓުގައި ހަރަކާތްތެރިވަމުންދާކަމަށް ވަނީ ބުނެފައެވެ.
މާހަލް އަށް ރިސޯޓްގެ ކޮންޓްރޯލް ހޯދަން އެތަަނަށް އެރި ބައެއް މީހުން، ފްރާންސްގެ އަންހެނަަކަށް ހުރަސް އަޅާ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާއްމުކޮށްފަ އެެވެ. އަދި މިކަމާ ކަންބޮޑުވުން ފާޅުކޮށް ރިސޯޓްގެ މެނޭޖްމަންޓުން ވާހަކަ ދައްކާ ވީޑިއޯއެއް ވެސް ވަނީ އާންމުކޮށްފައެވެ.
Very very worried pic.twitter.com/TY8J63uINW
— Sarah Lacarrière (@SarahLacarriere) August 31, 2021
ބަޔަކު މިއަދު ރިސޯޓަށް އެރީ ރިސޯޓްގެ މައްސަލަތަކުގެ ތެރެއިން ހުށަހަޅާފައިވާ ދައުވާއެއްގައި، ރަށުގެ ސަބްލީޒް އެއްބަސްވުން ބާތިލްވެފައި ވާތީ ސޭވް ދަ ޑްރީމް އަށް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓްގައި ނުތިބެވޭނެ ކަމަށާއި އެތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށް ގާޒީ އަލީ ނަސީރު މިއަދު ކުރެއްވި ހުކުމަކަށް ފަހުގައެވެ.
— Sarah Lacarrière (@SarahLacarriere) August 31, 2021
މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ރިސޯޓަށް އެރި މީހުން ދަނީ އެކި ޝުޢޫރު ފާޅު ކުރަމުންނެވެ.