ޅައިމަގުގައި ކުއްޖަކު ރަހީނުކުރި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

ޅައިމަގުގައި ކުއްޖަކު ރަހީނުކުރި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
25 އޮގަސްޓް 2021 02:54
0

ށ.ޅައިމަގުގައި ޢުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކުރި މައްސަލާގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

17 އަހަރުގެ ކުއްޖާ ރަހީނުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރެއެވެ، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 16 އަހަރުގެ ދެ ފިރިހެނުންނާއި 31 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ.

އެ ފިރިހެން ކުއްޖާ ރަހީނުކުރި މައްސަލާގައި ޖެންޑަރ މިނިސްޓްރީގެ ޚާއްޞަ ޓީމެއް ވަނީ އެރަށަށް ގޮސްފައެވެ. ޖެންޑާރ މިނިސްޓްރީން ވަނީ އެކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާކަމަށް ބުނެފައެވެ.

އެކުއްޖާ ރަހީނުކުރީ ކީއްވެކަމެއް ސާފެއްނުވެއެވެ. މިއީ ކުޑަކުއްޖަކާއ ގުޅުންހުރި މައްސަލައެއްކަމުން ކަމާގުޅުންހުރި ފަރާތްތަކުް އިތުރު ތަފްސީލް ހާމަކޮށްފައެއްނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.