ތ.އަތޮޅު ދަތުރުފުޅާއި ގުޅިގެން އަދުރޭގެ ބޮޑު ތުހުމަތެއް ރައީސަށް

ތ.އަތޮޅު ދަތުރުފުޅާއި ގުޅިގެން އަދުރޭގެ ބޮޑު ތުހުމަތެއް ރައީސަށް

Author
މުޙައްމަދު ޝަޒައިމް
18 އޮގަސްޓް 2021 04:34
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކޮލުމަޑުލުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲގެ ބޮޑު ތުހުމަތެއް ރައީސް ޞާލިހުއަށް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮލުމަޑުލުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ ރޭގައެވެ. މިދަތުރާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ މިދަތުރަކީ ރައީސް ޞާލިހުގެ އަމިއްލަ މާލީ މަންފާއެއް ހާސިލް ކުރުމަށް ރައްޔިތުންގެ ލޮލުގައި އަނދުނެއް އެޅުވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ އެ އަތޮޅު ކަޅުފަހަލަފުއްޓާ ކަނިމީދޫ އަމިއްލަފުޅު ޖީބަށް ބަރުވާގޮތަށް ވިއްކާލަން ރާވާފައިވާތީ ކުރައްވާ ދަތުރުފުޅެއްކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

އިތުބާރު ހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޞާލިޙް މިހާރު ކޮޅުމަޑުލަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅަކީ އެ އަތޮޅު ކަޅުފަހަލަފުއްޓާ ކަނިމީދޫ އަމިއްލަފުޅު ޖީބަށް ބަރުވާގޮތަށްވިއްކާލަން ރާވާފައިވާތީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން ކުރައްވާ ދަތުރުފުޅެކެވެ.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ތިމަރަފުށި ހިމެނޭހެން ކޮޅުމަޑުލުގެ 7 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވެއެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު ތިމަރަފުއްޓަށް އެމަނިކުފާނު ވަޑައިގަންނަވާއިރު، ކިނބިދޫ، އޮމަދޫ، އަދި ވޭމަންޑޫއަށް މާދަމާ ވަޑައިގަންނަވާނެއެވެ. އަދި ދަތުރުފުޅުގެ ފަހު ދުވަހު އެ އަތޮޅު ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ރަށްރަށުގައި ތަރައްޤީއަށް ހިންގާ ބައެއް މަޝްރޫޢުތައް ބައްލަވާލެވުމުގެ އިތުރުން ބައެއް މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ސަރުކާރުގެ ބައެއް މުއައްސަސާތަކަށާއި ސްކޫލްތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.