އިތުރު 1169 މީހުން ވެކްސިން ފުރިހަމަކޮށްފި

އިތުރު 1169 މީހުން ވެކްސިން ފުރިހަމަކޮށްފި

Author
މުޙައްމަދު ޖިމީ
12 އޮގަސްޓް 2021 10:31
0

ރާއްޖެއިން އިތުރު 1،169 މީހުން ކޯވިޑުން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 292،009 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 1،169 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ފުރިހަމަކުރި 608 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 561 މީހުންނެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 1،029 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 456 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 573މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 341،009 އަރާފައެވެ.

ރާއްޖެއިން ވަނީ ކޯވިޑް ވެކްސިން ޖެހޭ ޢުމުރުގެ ހުރިހާ އެންމެނަށް ބޭނުންވާވަރަށް ވެކްސިން ހޯދާފައެވެ. މިގޮތުން ޢުމުރުން 12 އަހަރާއި 17 އަހަރާ ދެެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ފައިޒާ ވެކްސިންވެސް ވަނީ ރާއްޖެ ގެނެސްފައެވެ. އަދި 18 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަނީ އެސްޓްރަޒެނެކާ ވެކްސިނެވެ.

ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފުޅާކުރުމަށް ޤައުމީ ފެންވަރުގައި އަންނަނީ ވެކްސިންގެ ބޮޑު ޕްރޮގްރާމެއް ހިންގަމުންނެވެ. ސަރުކާރުން ވަނީ މިމަސް ނިމޭއިރު ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށް އަމާޒުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.