ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުގެ އަދަދު ސަތޭކަ އިންސައްތައަށްވުރެ އިތުރުވެއްޖެއެވެ.
ކޯވިޑް-19ގެ ސަބަބުން ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއައީ ޖުމްލަ 28 ޖެޓުކަމަށް އެމްއޭސީއެލުން ބުނެއެވެ. ނަމަވެސް މިމަހު މިހާތަނަސް 126 ޕްރައިވެޓް ޖެޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ވަނީ ޚިދުމަތް ލިބިގަނެފައެވެ. މިއީ މިދިޔަ ސެޕްޓެމްބަރު މަހާއި އަޅާބަލާއި ރު 110 އިންސައްތަ އިތުރު އަދަދެކެވެ.
މި އަދަދާއި އެކު ބޯޑަރު ހުޅުވި ފަހުން ރާއްޖެއައި ޕްރައިވެޓް ޖެޓްގެ އަދަދު މިވަނީ 273 އަށް އަރާފައެވެ. އެއީ ޖުލައިމަހު 23، އޯގަސްޓް މަހު 59، ސެޕްޓެމްބަރު މަހު 60، އަދި މިމަހު މިހާތަނަށް 126 ޖެޓެވ.ެ ނަމަވެސް މިއީ އެހެން އަހަރުތަކުގެ މިދުވަސްވަރާއި އަޅާބަލާއިރު މަދު މިންވަރެކެވެ.
ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު ވެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަނަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ފިނި މޫސުން ފެށެން ވާއިރަށް އެ ގައުމުތަކުން ރާއްޖެ ފަދަ ހޫނު ތަނަކަށް ޗުއްޓީ ހޭދަކޮށްލަން އަންނަން އެފަދަ ގައުމުތަކުގެ މީހުން ބޭނުންވެއެވެ. ނަމަވެސް ފަތުރުވެރިންނަށް މިވަގުތު ދިމާވެފައި ވާ އެންމެ ބޮޑު ދަތި ކަމަކީ ކޯވިޑު-19ގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ގިނަގައުމުތަކުން އަޅާފައި ވާ ފިޔަވަޅުތަކެވެ.
Since border reopened on 15 july 2020, Adhoc flights including private jets @VelanaAirport are increasing.#Maldives is safe @visitmaldives#HappyToSeeYouAgain#VisitMaldivesNow #ReDiscoverMaldives pic.twitter.com/ZCiuUhwSFJ
— Maldives Airports Company Ltd – MACL (@MACLmedia) October 26, 2020
ފަހަކަށް އައިސް އާންމުކޮށް ގިނަމީހުން ދަތުރުކުރާ މަންޒިލްތަކުގެ ކޯވިޑް-19ގެ ހާލަތަށް ބެލުމަށް ފަހު ލުއިތަށް ދޭން ގިނަ ގައުމުތަކުން ވަނީ ފަށާފައެވެ. އެގޮތުން ރާއްޖެއަށް މިހާރު ލުއި ދީފައި ވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ޤަތަރު ހިމެނެއެވެ. މިއާއެކު އެގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަކީ ގުދުރަތީގޮތުން އިޖްތިމާޢީ ގައިދުރުކަމާއިއެކު އުފެދިފައިވާ ރައްތަކެއް ކަމަށް ވުމުން، ފަތުރުވެރިން ހިތް އުފާކޮށްލައި ޗުއްޓީ ހޭދަކޮށްލަން އެންމެ ރައްކާތެރި މަންޒިލަކީ ރާއްޖެކަން ގިނަ ގައުމުތަކުން ގަބޫލުކުރާކަމަށް ފޮރިންމިނިސްޓަރ މީގެކުރިން ވަނީ ވިދާޅުވެފައެވެ
ވެލާނާ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެތަނުގައި މަތިންދާބޯޓު ޕާކު ކުރެވޭނެ އަދަދު މިހާރު ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން މާފަރުގައި ހަދާފައިވާ އިންޓަނޭޝަނަލް އެއަރޕޯޓަކީވެސް ޕްރައިވެޓް ޖެޓަށް ޚިދުމަތް ދެވޭ ތަނެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ އެމްއޭސީއެލަށް އެންމެ ބޮޑު އާމްދަނީ އެއް ލިބޭ އެއް ޚިދުމަތަކީ އެއަރޕޯޓަށް އަންނަ ޕްރައިވެޓް ޖެޓްތަކަށް ދޭ ޚިދުމަތްތައް ކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ