މިއަހަރުގެ މިހާތަނަށް 521 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބުނެފިއެވެ.
ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރާ އަސަރުކަތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ގަވަރުނަރު އަޙްމަދު ޢިމާދު ވިދާޅުވީ، ބޭންކުތަކަށާއި، ކުންފުނިތަކަށް މިއަހަރުގެ މިހާތާނަށް 521 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އިމާދު ވިދާޅުވީ ޑޮލަރުގެ ތާށިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މާކެޓަށް އިތުރަށް ޑޮލަރު ދޫކުރުމަށް ދަތިތަކެއް އެބަހުރިކަމަށެވެ. އެގޮތުން ރާއްޖެއަށް ލިބޭ ޖުމްލަ އާމްދަނިގެ ތެރެއިން އަދުލަތަށް ލިބެނީ އެންމެ 20 އިންސައްތަކަމަށާއި، ބާކީ ދަނީ އެހެން ދާއިރާތަކަށްކަމަށެވެ. އޭނާ ވިދާޅުވީ އެމްއެމްއޭއިން މިހާލަތުގައި އެންމެ އިސްކަމެއްދެނީ ޤައުމަށް އެންމެ ޒަރޫރީ ކަންކަމަށް ޑޮލަރު ފޯރުކޮށްދިނުމަށްކަމަށެވެ.
ގާތްގަނޑަކަށް 521 މިލިއަން ޑޮލަރު އޯވަރޯލް މާކެޓް އިންޓަރވެންޝަން ގޮތުގައި އަޅުގަނޑުމެން އިތުރުކުރެވިއްޖެ. އޭގެތެރެއިން ބޮޑު ބައެއް ހިއްސާކޮށްފައި މިވަނީ އެސްއޯއީސްތަކަށް. އެކަންކަން އިތުރަށް ރަނގަޅުކުރުމަށް ސަޕްލައި އިތުރުކުރުމަށް އެބަހުރި ސްޓްރަކްޗަރަލް އިސޫސްތަކެއްވެސް.
އިމާދު ވިދާޅުވީ އެފަދަ ކަންކަން ހައްލުކުރުމަށް ޤާނޫނަށް ގެންނަޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އިމާދު ވިދާޅުވީ ފޮރިން އެކްސްޗޭންޖު މާކެޓް ދަށްވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދަށްވުންކަމަށެވެ.
މިކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވީ އިޤްތިޞާދީ ގޮތުން އަންނަ ކޮންމެ ލޮޅުމެއްގައި މިފަދަ މައްސަލަތައް ކުރިމަތިވާކަމަށެވެ. ގަވަރުނަރުވަނީ ފޮރިން ކަރެންސީ އެކްސްޗޭންޖު ކުރާތަންތަން މޮނިޓަރ ކުރަމުންވެސް އަންނަކަމަށެވެ.
އަޅުގަޑުމެންގެ ހިސާބަކުން ނުދައްކާ އަގު ބޮޑުކޮށް ޑޮލަރު ވިއްކާކަމެއް. މީގައި އަގު ބޮޑުކޮށް ޑޮލަރު ވިއްކާކަމަށް ޕްރޫވް ހޯދުން މިއީ ދަތިކަމެއް. އެކަމަށް ޕޮލިހާއެކު އިންވެސްޓިގޭޓްވެސް ކުރިން.
ކޯވީޑް-19އާއި ގުޅިގެން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭއިން އިތުރުކޮށްފައިވެއެވެ. ބާޒާރުގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ދިވެހި ރުފިޔާގެ އެކްސްޗޭންޖްރޭޓަށް އައިސްދާނެ ބަދަލުތައް ކުޑަކޮށް ދިވެހި ރުފިޔާގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެމްއެމްއޭއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ