އޮފީސްތަކަށް މީހުން ހާޒިރުވެގެން މަސައްކަތް ކުރުމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހުއްދަދީފިއެވެ.
ކޯވިޑް-19އާއި ގުޅިގެން ރައްޖޭގެ ހާލަތު މިހާރު ނިއު- ނޯމަލް އަކަށް ދިއުމުން އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް އޮފީސްތައް ހުޅުވައި މުވައްޒިފުން ހާޒިރުވެގެން މަސައްކަތް ކުރާގޮތަށް އެޗްޕީއޭއިން ހުއްދަ ދީފިއެވެ.
އެޗްޕީއޭއިން މިލުއިތައް ދޭން ނިންމާފައިވަނީ މާދަމައިން ފެށިގެންނެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތު ނިއު ނޯމަލް ހާލަތަކަށް ގެނެވިފައިވާކަމަށާއި މިހާޜު އެންމެ މުހިއްމީ ވެކްސިންޖެހޭ އާބާދީއަށް ވެކްސިންޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
އޮފީސްތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް ނިންމުމާއި ގުޅިގެން އަންނަ ހަފްތާގެ އާދީއްދަ ދުވަހުން ފެށިގެން ސަރުކާރުގެ ހުރިހާ އޮފީސްތަކަށްވެސް މުވައްޒިފުން ހާޒިރުވެގެން ޚިދުމަތް ދެމުންދާނެއެވެ. އޮޕީސްތައް ހުޅުވުނުކަމުގައި ވީނަމަވެސް އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އޮފީސްތަކުގެ އިތުރުން ސްކޫލުތަކާއި ކޮލެޖް ޔުނިވާސިޓީތައްވެސް މިމަހުގެ 6 ވަނަ ދުވަހުގެ ފެށިގެން ހުޅުވުމަށް ހުއްދަ ދީފައެވެ. އެޗްޕީއޭއިންވަނީ މިލުއިތައް ދިންނަމަވެސް ސްކޫލުތައް ހުޅުވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރައްވަފައެވެ.