މައުމޫނަށް ތާއީދު ނުކުރުމުން، ބައްޕަ ޖަލަށްލައި، ބޮޑެތި އަނިޔާތަކެއްދިން: އަމްރު

މައުމޫނަށް ތާއީދު ނުކުރުމުން، ބައްޕަ ޖަލަށްލައި، ބޮޑެތި އަނިޔާތަކެއްދިން: އަމްރު

ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި، މައުމޫނަށް ތައީދު ނުކުރުމުން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރުގެ ބައްޕަ ޖަލަށްލައި ބޮޑެތި އަނިޔާތަކެއް ދިންކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނުގެ އޯޑަރަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ޖަލުގައި އެކި ކަހަލަ އަނިޔާތައް ކުރިކަމަށް ދެކެވޭ ވާހަކަތައް ރައީސް މައުމޫނު ދޮގު ކުރައްވައި ދެއްކެވި ވާހަތަކާއި ގުޅިގެން އަމްރު ވިދާޅުވީ ރައީސް މައުމޫނަކީ އެމަނިކުފާނުގެ ވެރިކަމުގައި އެކި މީހުންނަށް އެކި އަނިޔާތަކެއް ދީފައިވާ ބޭފުޅެއްކަމަށެވެ. އެގޮތުން މައުމޫންގެ ވެރިކަމުގައި އޭނާގެ ބައްޕަ ޖަލަށްލައި، ބޮޑެތި އަނިތާކަތެއް ދީފައިވާކަމަށެވެ.

އަމްރު ވިދާޅުވީ މިއަނިޔާތައް ދީފައިވަނީ މައުމޫނުގެ ނަންނޫން އެހެން ނަމެއް ރައްޔިތުންނާ ހަމަޔަށް ގެންނަން މަޖިލިސް ތެރެއިން މަސައްކަތް ކުރުމުން ކަމަށެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާވެރި ނުވާކަމަށް ބުނިނަމަވެސް މިއީ ފެންނަން ހުރި ކަންތައްތަކެއް ކަމަށާއި، ރައީސް ނަޝީސަށްވެސް އެތައް ބައިވަރު ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

މައުމޫނުގެ ނަންނޫން އެހެން ނަމެއް ރައްޔިތުންނާ ހަމަޔަށް ގެންނަން މަޖިލިސް ތެރެއިން މަސައްކަތް ކުރުމުން އަޅުގަނޑުގެ ބައްޕަ ޖަލަށްލާ ދިންއަނިޔާ ތަކުގެ ތެރޭގައި ރުކެއްގަ ބިޑި އަޅުވާ ޗިލީ ސޯސް ޖަހާ ތުނބުޅި ބޭލި. ރައީސް ނަޝީދަށް ވެސް އެތައް ބައިވަރު ބޮޑެތި އަނިޔާތައް ކުރިކަން އިނގޭ.

– އަމްރު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

އަމިއްލަފުޅު ވެރިކަމުގައި ޖަލުގައި އަނިޔާކުރިކަމަށް ދެކެވޭ ވާހަތަކާއި ގުޅިގެން ރައީސް މައުމޫނު ވިދާޅުވީ، އެއްވެސް އިރެއްގައި ޖަލުގައި މީހުންނަށް އަނިޔާ ކުރުމަކީ އެމަނިކުފާނު ރުހިވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ. އަދި އެފަދަ ކަމަކަށް އެއްވެސް އިރެއްގައި ހުއްދަ ދެއްވާފައިނުވާނެ ކަމަށެވެ. ނަމަވެސް ވެރިކަމުގައިވެސް އަދި އޭގެ ކުރިންވެސް އެ އިރަކު އޮންނަ ސަރުކާރަކަށް ނޭނގި އެކަންކަން ހިނގާފައިވާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

ރައީސް މައުމޫނު ވިދާޅުވީ، އެފަދަ މައްސަލައެއް ހުށައެޅުނު ކޮންމެ ފަހަރަކުވެސް އެކަމަށް ވަކި ކޮމިޓީއެއް އުފައްދަވައި، ތަހުގީގު ކުރައްވާފައިވާނެ ކަމަށެވެ. އަދި އެފަދަ ބައެއް މައްސަލަތައް ޝަރީއަތަށް ފޮނުއްވާފައިވާނެ ކަމަށެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ކުރީގެ ރައީސް ނަޝީދަށް ޖަލުގައި އެކި ކަހަލަ އަނިޔާތައް ކުރިކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ރައީސް މައުމޫނު ވިދާޅުވީ، އެމަނިކުފާނަށް އެނގިވަޑައިގެން ރައީސް ނަޝީދަށް އެއްވެސް އަނިޔާއެއް ދީފައި ނުވާނެ ކަމަށެވެ. އެގޮތުން މީހުން އަނދަގޮނޑި ޖެހުން އުވާލެއްވީވެސް އެމަނިކުފާނުކަން ފާހަގަ ކުރައްވައި، އެއްވެސް މީހަކަށް ލާއިންސާނީ އަނިޔާއެއް ލިބުމަށް އެދިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

4 Responses

  1. ޢަމްރު ބައްޕަ ބުނާ އެއްޗެއް ޢަމްރަށް އެނގޭނީ. ބައްޕަ ކައިރިން އަހާބަލަ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކޮށްގެން ނޫންތޯ ޖަލަށްލީ. އެކަމާ ގުޅިގެން ނޫންތޯ މައުމޫނާ ނުރުހި އިދިކޮޅު ވެގެން އުޅުނީ.

  2. ދެއަހަރު ދުވަހުން އެސްޓީއޯ ދަވާލައިފަ މާލެއިން ދިހަމިލިއަން ރުފިޔާއަށް ގޯތިގަތްމީހާގެ ވާހަކަ ޤަބޫލްކުރާނީ ކާކު

  3. ސޯޓް ބޭލުނު ލިއް އަވަހެއްނު، ދެންވެސް ތިބޭ މައިތިރި ވެގެން .

  4. މައުމޫނު ވެރިކަމުގައި މީހަކު އެހެން މީހަކަށް ދޭ އަނިޔާ އަކީ މައުމޫނު ކުރި ކަމަކަށް ވެފައި، ނަޝީދު ވެރިކަމުގައި މީހަކު އެހެން މީހަކަށް ދޭ އަނިޔާ އަކީ އެ ކަން ކުރި މީހެއް ނުވަތަ އެ މުއައްސަސާއަކުން ކުރި ކަމަކަށް ބުނަމުން ދިޔުން، މީ މި ކުރާ ކަމަކީ. ވަރަށް ރީއްޗެއްނު.

Leave a Reply

Your email address will not be published. Required fields are marked *