މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި ބޮޑު އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ މި އަހަރުގެ އަލްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެކަމަކު، ކޮވިޑް-19 ގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވެފައިވާތީ އީދު ނަމާދު މިސްކިތްތަކުގައި ކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މާލޭ ސިޓީގައި 1442 ވަނަ އަހަރު އަޟްޙާ ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް#EidAlAdha #MVIaffairs pic.twitter.com/i0udu2K5dS
— Ministry of Islamic Affairs (@MVIaffairs) July 18, 2021
ކޮވިޑްގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުވެސް މާލޭ ސަރަހައްދުގައި ބޮޑު އީދާއި ކުޑަ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައެއް ނުވެ އެވެ. މި އަހަރުގެ ފިތުރު އީދު ނަމާދު ވެސް މާލޭ ސަރަހައްދުގައި އެގޮތަށް ކޮށްފައެއް ނުވެއެވެ. ނަމަވެސް ކޮވިޑް ހާލަތު ކުރިއަށްވުރެ ރަނގަޅުވުމާ ގުޅިގެން އެޗްޕީއޭއިން މިހާރު ވަނީ ލުއިތަކެއް ދީފަ އެވެ. އެ ލުއިތަކަށް ބިނާކޮށް މި އަހަރުގެ ބޮޑު އީދު ނަމާދު ކުރަން އިސްލާމިން މިނިސްޓްރީން ވަނީ ނިންމާފައެވެ.
މާލެ ސަރަހައްދުގައި ކޮވިޑްގެ އިންތިހާއަށް އިތުރުވުމާއި ގުޅިގެން މެއި މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ވަނީ މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގައިފައެވެ. ނަމަވެސް މިދިޔަ ޖޫން މަހު ދިން ލުއިތަކާއެކު އަނެއްކާވެސް ވަނީ ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދީފައެވެ.
ކޮމެންޓު ފޮނުވާ