އަންނަ އަހަރަށް 35 ބިލިޔަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް 35 ބިލިޔަން ރުފިޔާގެ ބަޖެޓެއް

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2020 10:32
0

އަންނަ އަހަރުން ދައުލަތުން ލަފާކޮށް މަޖިލީހަށް ހުށަހަޅަނީ 35 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިހާރު ކުރިއަށްދަނީ ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި އެނޫން އިދާރާތަކާއިއެކު މިހާރު ކުރެވެމުންދަނީ ބަޖެޓްގެ އެންމެފަހުގެ މަރުހަލާގެ މަޝްވަރާކަމަށެވެ. ޤާނޫނުގައި ބުނާގޮތުން މިމަހުގެ ނިޔަލަށް ބަޖެޓް ހުށަހަޅަންޖެހޭއިރު، މިހަފްތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ބަޖެޓް މަޖިލީހަށް ހުށަހަޅަނެކަމަށް ބެލެވެއެވެ.

މި އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި އަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. ނަމަވެސް ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި އިގްތިސޯދު ހުޅުވާލަން ހެދި ސިނާރިއޯ ސާވޭގައިވާ ގޮތުން މި އަހަރު ޓެކުހުގެ ގޮތުގައި ލިބޭނީ 9.5 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ބަޖެޓުގެ 6.1 ޕަސެންޓް ޑެފިސިޓް ވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާރު އަންދާޒާ ކުރެވޭ ގޮތުގައި މި އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ 7.13 ޕަސެންޓާއި 9.22 ޕަސެންޓާ ދެމެދުގަ އެވެ.

ބަޖެޓްގެ ދަރަނި ކުޑަކުރުމަށްޓަކައި 300 މިލިއަން ޑޮލަރުގެ ސްކޫކް ވިއްކުމަށްވެސް ސަރުކާރުވަނީ ނިންމާފައެވެ. ކޯވިޑް-19އާ ގުޅިގެން ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާގެ ދަރަންޏެއް ނެގުމުގެ ހުއްދަ ފިނޭންސް މިނިސްޓަރަށް ދެއްވަން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.