ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ ނާއިބު ރައީސް އަދި ކ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް ގެ ލޮބުވެތި ބައްޕާފުޅު އަޙްމަދު ވަޙީދު (މ. ކޮކާހަނދުވަރު) ނިޔާވުމާއި ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން ތައުޒިޔާ ދަންނަވައިފިއެވެ.
ނިމާލްގެ ބައްޕަ އަޙްމަދު ވަޙީދު (މ. ކޮކާހަނދުވަރު) ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައިވަނީ މިޚަބަރު އެކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުން ހިތާމައާއި އަސަރާއިއެކުގައިކަމަށެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގރެސް ގެ ނާއިބު ރައީސް އަދި ކ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް އާއި އެމަނިކުފާނުގެ ލޮބުވެތި ޢާއިލާއަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި މިކޯލިޝަންގެ އެންމެހާ މެންބަރުން ބައިވެރިވެ، އެމަނިކުފާނާއި އެމަނިކުފާނުގެ ޢާއިލާއަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިކޯލިޝަންގެ ލީޑާރޝިޕާއި، ކައުންސިލް މެންބަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ވަނީ ދުޢާކޮށްފައެވެ.
ކޮމެންޓު ފޮނުވާ