އަނގޮޅިތީމު ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

އަނގޮޅިތީމު ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2020 08:56
0

ރ. އަނގޮޅިތީމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ.

އެމްޓީސީސީން ވިދާޅުވީ ރ. އަނގޮޅިތީމް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މިމަހުގެ 22 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައެވެ. މި މަޝްރޫޢަކީ 44.31 މިލިއަން ރުފިޔާގެ މަޝްރޫޢަކަށްވާއިރު، މި މަޝްރޫޢު އެމްޓީސީސީއާއ  ހަވާލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުގައެވެ.

މި މަޝްރޫޢުގެ ދަށުން އަނގޮޅިތީމުގައި 221 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށްޓެއްލައި، 91.44 މީޓަރުގެ އެއްގަމު ތޮށްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 42،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 615 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް 2 ނެރުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 166 މީޓަރުގެ ރިވެޓްމަންޓްޖަހާ، 1110 ސްކޮއަރ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 5 މޫރިން ބުލޮކްސް އެޅުމާއި، 12 ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.

އަނގޮޅިތީމުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.