ރާއްޖޭގެ އާބާދީގެ %50 ކޯވިޑް ވެކްސިން ފުރިހަމަކޮށްފި

ރާއްޖޭގެ އާބާދީގެ %50 ކޯވިޑް ވެކްސިން ފުރިހަމަކޮށްފި

ރާއްޖޭގައި ކޯވިޑްގެ ވެކްސިން ޖެހޭ އާބާދީގެ %50 މީހުން ވެކްސިން ފުރިހަމަކޮށްފިއެވެ. ރާއްޖޭގައި ކޯވިޑްގެ ވެކްސިން ޖަހައިދެމުން ގެންދަނީ ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 50 އިންސައްތައަށްވުރެ މައްޗަށް އަރައިފިކަމަށް އިއުލާންކުރެއްވީ މިހާރު ކުރިޔަށްދާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ސްޕޯކްސްޕާސަން ޑރ. ނަޒްލާ ރަފީގެވެ.

ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު، މިހާރު ވެކްސިން ޖަހަންޖެހޭ އުމުރުފުރައިގައި، އެއީ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން، 50 ޕަސެންޓަށްވުރެ ގިނަ މީހުންނަށް، މިހާރު އަޅުގަނޑުމެން، އިއްޔެއާ ހަމައަށް ވަނީ ދެ ޑޯޒް ޖަހައި ވެކްސިނޭޝަން ފުރިހަމަކުރެވިފަ. އެހެންވީމާ މިއީ ވަރަށް ބޮޑު އެޗީވްމެންޓެއް.

– ޑރ. ނަޒްލާ ރަފީގް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ޢާންމުކޮށް ޖަހަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޯފާމް ވެކްސިނާއި ފައިޒާ ވެކްސިނެވެ. ފައިޒާ ވެކްސިން ޖަހަނީ ހާއްސަ ހާލަތްތަކުގައެވެ. ރާއްޖޭގައި ފުރަތަމަ ކޯވިޑް ވެކްސިން ޖަހަންފެށީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. އެގޮތުން އެންމެ ފުރަތަމަ ޖަހަންފެށީ ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް އިންޑިއާގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެ އެޅި ފިޔަވަޅުތަކާއެކު އެޤައުމުން، ވެކްސިން ލިބުމުގައި ދަތިތަކާ ކުރިމަތިވިއެވެ. އަދި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައި ތިބިމީހުން ދެވަނަ ޑޯޒް ނުޖެހި އެތަކެއް ދުވަހު މަޑުކުރަން ޖެހުނެވެ.

އެހެންނަމަވެސް މި ޖުލައި މަހުގެތެރޭގައި ހެޔޮ އެދޭ ފަރާތަކުން ވަނީ ކޮވިޝީލްޑުގެ 60،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެއާއެކު އަނެއްކާވެސް ވެކްސިން ޖަހާ މީހުންގެ ޢަދަދު މިވަނީ އެތައް ގުނައެއް އިތުރުވެފައެވެ. އަދި މިހާރު ކޮވިޝީލްޑް ވެކްސިން ޖަހާދެމުން އަންނަނީ އެޕޮއިންޓްމެންޓ އުޞޫލުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *