ހިޔާ ފްލެޓްގެ ކުލި މިހާރު ކަނޑައަޅާފައިވާ އަދަދަށް ދެއްކުމަކީ ބޮޑު ބުރައެއް ކަމަށާއި، ކުލި ކުޑަކުރަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ހިޔާފްލެޓްގެ ކުއްޔާމެދު ކަންބޮޑުވުން ފާޅުކޮށް އާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ފްލެޓް ތަކަށް ވަންނަ މީހަގެ އާމްދަނީ އަކީ 5،000 ރުފިޔާއަށްވާއިރު، 8،500 ފުރިޔާ މަހަކު ދައްކާނެ ގޮތެއް ނުވިސްނޭކަމަށެވެ. މިގޮތަށް ސަރުކާރުން މިކަން ކުރުމުން ގިނަ ވާނީ ކުލި ނުދެއްކޭ މީހުންކަމަށް އާޒިމް ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކަކީ ސޯޝަލް ހައުސިންނަށް އަމާޒުކޮށްގެން ބިނާކުރެވިފައިވާ ފްލެޓްތަކެއް. އެތަނަށް ވަންނަ ފަރާތްތަކުގެ އެވްރެޖް އާމްދަނީއަކީ 5،000ރ. ދެންކިހިނެތްތޯ 8،500ރ ކުލީގެ ގޮތުގައި ދައްކާނީ. މިކަމަށް ޙައްލެއް ހޯދެންޖެހޭ. ނޫންނަމަ ގަވާއިދުން ކުލިދައްކާ ފަރާތްތައް މަދުވާނެ.
– އަލީ އާޒިމް ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކަކީ ސޯޝަލް ހައުސިންނަށް އަމާޒުކޮށްގެން ބިނާކުރެވިފައިވާ ފްލެޓްތަކެއް. އެތަނަށް ވަންނަ ފަރާތްތަކުގެ އެވްރެޖް އާމްދަނީއަކީ 5000ރ. ދެންކިހިނެތްތޯ 8500ރ ކުލީގެ ގޮތުގައި ދައްކާނީ. މިކަމަށް ޙައްލެއް ހޯދެންޖެހޭ. ނޫންނަމަ ގަވާއިދުން ކުލިދައްކާ ފަރާތްތައް މަދުވާނެ.
— ??? ???? (@aliaazim) July 14, 2021
ހިޔާ ފްލެޓްތަކުގެ އަގު މި ސަރުކާރުން ވަރަށް ބޮޑުތަން ކުޑަކޮށްދީފައިވާ ކަމަށާއި، އިތުރަށް އަގު ކުޑަކުރަންވެއްޖެނަމަ، ދަޢުލަތުން ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހިޔާ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުދެއްކުމަށްޓަކާ، ފްލެޓްތަކަށް ފައިސާ ދައްކާ ފަރާތްތަކުގެ އިތުރުން، ދަޢުލަތުގެ ބަޖެޓުން 3.2 ބިލިއަން ރުފިޔާ ދައްކަންޖެހޭކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މި މަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ ކުރީގެ ސަރުކާރުން %8 އިންޓްރެސްޓް ރޭޓުގައި 20 އަހަރުން ދައްކާގޮތަށް ކޮމަރޝަލް ލޯނެއް ނަގައިގެންކަމަށެވެ. އަދި އޭރު ފްލެޓްތައް އަގުކޮށްފައިވާގޮތުން ފްލެޓަކަށް 1.2 މިލިއަން ރުފިޔާ ޖެހޭކަމަށާއި، 20 އަހަރުން ދައްކާނަމަ، މަހު ކުލީގެ ގޮތުގައި 10،419 ރުފިޔާ ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ސޯޝަލް ހައުންސިންގެ ގޮތުގައި ދޫކުރާ ތަނަކަށް މިއީ ބޮޑު އަދަދެއްކަމަށާއި، ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގަކީ، ކުރީގެ އަގުތައް ރިވިއުކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަނޑައަޅާފައިވާ އަގެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
7000 ހައުސިންގ ޔުނިޓުގެ ގޮތުގައި މި މަޝްރޫޢުގެ މަސައްކަތް ފެށިނަމަވެސް ކޮމާޝަލް ބޭނުންތަކަށް ޓަވަރުތަކުން ފްލޯސްޕޭސް ކަނޑައެޅުމަށްފަހު ޔުނިޓްތަކުގެ ޢަދަދު ފަހުން ވަނީ 6720 ބަދަލުކޮށްފައެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8500 ރުފިޔާކަމަށް ސަރުކާރުންވަނީ ނިންމާފައެވެ.