ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އުފެއްދި އެއް ޑޯޒް ވެކްސިނުން ފޯރުކޮށްދެނީ %66 ރައްކާތެރިކަން

ޖޯންސަން އެންޑް ޖޯންސަން ކޯވިޑް ވެކްސިން ބޭނުން ކުރުމާމެދު އާ އިންޒާރެއް އެމެރިކާގެ އެފްޑީއޭއިން ނެރެނީ

ޖޯންސަން އެންޑް ޖޯންސަން ކޯވިޑް ވެކްސިން ބޭނުން ކުރުމާމެދު އާ އިންޒާރެއް އެމެރިކާގެ އެފްޑީއޭއިން ނެރެނީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެވެމުންދާ އެއް ޑޯޒްގެ ވެކްސިނެއް ކަމުގައިވާ ޖޯންސްނަ އެންޑް ޖޯންސަން ވެކްސިން ބޭނުން ކުރުމާމެދު ސަމާލުވާން ޖެހޭ މުޅިން އާ އިންޒާރެއް ނެރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (FDA)އިން ތައްޔާރު ވަމުން އެބަދެއެވެ.

FDAއިން މިފަހަރ ނެރޭ އިންޒާރަކީ، މި ވެކްސިން ބޭނުން ކުރުމުގެ ސަބަބުން، މަދުން ނޫނީ ނުފެނަން އޮޓޯ އިމިއުން ޑިސްއޯޑަރ (ހަށިގަޑުގެ ދިފާއީ ނިޒާމު ހަރަކާތްތެރި ވަމުންދާ ގޮތަށް އަންނަ ކުއްލި ބަދަލެއް) އާއި ގުޅުންހުރި އިންޒާރެއްކަމަށް، ކަމާ ގުޅުންހުރި ފަރާތަކާ ހަވާލާދީ އެމެރިކާގެ ވޮޝިންގޓަން ޕޯސްޓުން ހޯމަ ދުވަހު ހާމަ ކޮށްފައި ވެއެވެ.

އެމެރިކާގެ ސެންޓްރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (CDC)އިން ނެރެފައިވާ ބަޔާނެއްގައި ހޯމަ ދުވަހު ބުނެފައިވަނީ، މިހާތަނަށް އެމެރިކާގައި ދީފައިވާ ޖޯންސަން އެންޑް ޖޯންސަންގެ 12.8 މިލިަން ޑޯޒް ވެކްސިންގެ ތެރެއިން، ގިލައިން-ބާރ ސިންޑްރޯމް (ހަށިގަޑުގެ ދިފާއީ ނިޒާމުން ނާރުތަކަށް ހަމަލާ ދިނުމުގެ ސަބަބުން އުފެދޭ ސިއްޙީ މައްސަލައެއް)ގެ 100 ވަރަކަށް ކޭސް ރިޕޯޓު ކޮށްފައިވާ ކަން އެންމެ ފުރަތަމަ ހެދިފައިވާ ދިރާސާތަކުން ދައްކާފައިވާ ކަމަށެވެ.

އަދި ބުނެފައިވަނީ މީގެ ގިނަކޭސްތައް ފެނިފައިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ކިބައިން، ވެކްސިން ޖެހިތާ 2 ހަފްތާ ފަހުން ކަމުގައެވެ.

ވެކްސިންއާ ނުލާވެސް އާންމު ގޮތެއްގައި އަހަރަކު އެމެރިކާގައި 3،000 އައި 6،000 އާއި ދެމެދުގެ އަދެއްގެ މީހުންނަށް ގިލައިން-ބާރ ސިންޑްރޯމްގެ ކޭސްތައް ފެންނަމުން ދެއެވެ. މިއީ އަދި މިހާތަނަށް ފުރިހަމައަށް ދެނެގަނެވިފައި ނުވާ ބައްޔަކަށްވި ނަމަވެސް، މިބަލި ޖެހުމަށްފަހު، ބެކްޓީރިއާ އަދި ވައިރަލް އިންފެކްޝަންތައް ހަށިގަޑުގައި އުފެދޭކަމަށްވެސް ސިއްޙީ މާހިރުން ފާހަގަ ކުރެއެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިންއާއި ގުޅޭގޮތުން FDAއިން ދޭ މި އިންޒާރު ވެގެންދާނީ، ދެ ޑޯޒް ޖަހަންޖެހޭ ގޮތަށް، މޮޑާނާ އަދި ފައިޒަރ/އަބޯއެންޓެކްއިން އުފައްދާފައިވާ ވެކްސިންތަކާ ޚިލާފަށް، އެއްޑޯޒް ޖެހުމުގެ ފަސޭހަކަން ލިއްބައި ދިނުމުގެ އިތުރުން، ދެ ޑޯޒްގެ ވެކްސިނަށްވުރެ ފަސޭހަކޮށް ރައްކާ ކޮށްފައިވާ ބެހެއްޓޭ މިވެކްސިނާއި ގުޅޭގޮތުން ދެވޭ ދެވަނަ އިންޒާރު ކަމުގައެވެ.

މިއަހަރުގެ އެޕްރިލްމަހު FDA އަދި CDCއިން ވަނީ ޖޯންސަން އެންޑް ޖޯންސަން ވެކްސިން ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލުމަށްވެސް އަންގާފައެވެ. މިވެކްސިން ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އޭރު އަންގާފައިވަނީ، ވަރަށް މަދުން ނޫނީ ނުފެންނަ، ހަށިގަޑުގައި ދައުރުވާ ލޭ ގަޑުވުމުގެ މައްސަލަ މި ވެކްސިން ޖެހި ބައެއް ފަރާތްތަކުގެ ކިބައިން ފާހަގަ ކުރެވިގެންނެވެ.

އެހެންނަމަވެސް ފަހުންވަނީ، މިވެކްސިން އިން ކުރިމަތިވާކަމަށް ފެންނަ މިމައްސަލަ، ވެކްސިން ނުޖެހުމުން ކުރިމަތިވާ މައްސަލަތަކުގެ ރިސްކުތަކާ އަޅާ ކިއުމަށްފަހުން، ވެކްސިން ޖެހުމުގެ ހުއްދަ ދޫކޮށްފައެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިން އުފެއްދުމުގައިވެސް މިއަހަރުގެ ކުރީކޮޅު ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. މި މައްސަ ކުރިމަތުވުމުގެ ސަބަބުން 75 މިލިއަން ޑޯޒްގެ ވެކްސިން އުކާލަންވެސް ޖެހުނެވެ.

ޖޯންސަން އެންޑް ޖޯނަސްން ވެކްސިން ޖެހުމުގެ ސަބަބުން ގިލައިން-ބާރ ސިންޑްރޯމްގެ ރިސްކު އޮތްކަމަށް ބުނެ، ޔޫރަޕްގެ ހެލްތު ރެގިއުލޭޓަރުންވެސް ވަނީ، މި ވެކްސިނާ ގުޅޭގޮތުން މިފަދަ އިންޒާރެއް ނެރެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *