ޤައުމުތަކުގެ މެދުގައި ސުލްހަ ޤާއިމްކުރުމަށް އދ. ގެ ދައުރު ބޮޑު: ރައީސް

ޤައުމުތަކުގެ މެދުގައި ސުލްހަ ޤާއިމްކުރުމަށް އދ. ގެ ދައުރު ބޮޑު: ރައީސް

Author
މުޙައްމަދު ޖިމީ
24 އޮކްޓޯބަރ 2020 11:39
0

ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ހުރިހާ ޤައުމެއް އެއްރޫހެއްގައި މަސައްކަތްކުރުމުގައި އދ.ގެ މުހިންމު ދައުރު ފެނިގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ އދ،ގެ އަލިމަސްޔޫބީލް މުނާސަބަތާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވަނީ އދ.އަކީ ތަފާތު ގޮންޖެހުންތަކާއެކުވެސް ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ސުލްހައާއި އަމާންކަން ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާ ޖަމްޢިއްޔާއެއްކަމަށެވެ. ކޯވިޑް-19 އިން އަރައިގަތުމުގައި ޤައުމުތަކުގެ މެދުގައި އެއްރޫހެއް އދ.ގެ ބައިވެރިވުމާއެކު ފެނިގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ދިވެހި ޤައުމު އެކަމާ ފަޚުރުވެރިވާކަމެއްކަމަށްވެސް ވިދާޅުވެފައެވެ.


ދުނިޔޭގެ ޞުލްޙައާއި ބައިނަލްއަޤުވާމީގޮތުން، ޤައުމުތަކުގެ ތރައްޤީއާއި ކުރިއެރުމަށްޓަކައި ގައުމުތައް ގުޅިގެން ހަރަކާތްތެރިވުމަށް އެކުވެރި ޤައުމުތަކުގެ ޖަމާޢަތް އދ ރަސްމީގޮތުން އުފެދުނީ 24 އޮކްޓޫބަރ 1945ގައެވެ. ވޭތުވެދިޔަ 75 އަހަރު ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ފުރިހަމައަށް ރައްކާތެރިކުރެވި ޙިމާޔަތްކުރެވިފައިވަނީވެސް އ.ދގެ ބައިނަލްއަޤުވާމީ ނިޒާމުންނެވެ.

އ..ދ.ގެ މެންބަރަކަށް ދިވެހިރާއްޖެވީ 26 ޖުލައި 1965ގައި، ރާއްޖެއަށް ޚާރިޖީީ ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުމަށްފަހު 2 މަސްވެސް ނުވަނީސް 21 ސެޕްޓެމްބަރ 1965ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.