އިޔާޒު، ނަޝީދަށް: ވެރިކަމަށް އައުމުގެ ހުވަފެން ދޫކޮށްލައްވާ، ދެން ދުވަހަކުސް އެކަމެއްނުވާނެ

އިޔާޒު، ނަޝީދަށް: ވެރިކަމަށް އައުމުގެ ހުވަފެން ދޫކޮށްލައްވާ، ދެން ދުވަހަކުސް އެކަމެއްނުވާނެ

Author
މުޙައްމަދު ޝަޒައިމް
03 ޖުލައި 2021 09:57
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އައުމަށް ދެކެމުންދާ ހުވަފެން ދޫކޮށްލެއްވުމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެލެކްސް އެކައުންޓުން ބައެއް ދީނީ އިލްމުވެރިންނަށް ނިސްބަތް ކުރައްވައި ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން އިޔާޒު ވިދާޅުވީ ވެރިކަމަށް އައުމަށް ނަޝީދު ކުރައްވަމުންދާ ހުވަފެން ދެން ދުވަހަކުވެސް ހަގީގަތަކަށް ނުވާނެކަމަށެވެ. ދީނީ އެކި ކަންކަމުގައި ނަޝީދު ފާޅު ކުރައްވަމުންދާ ޚިޔާލުތަކާއި ގުޅިގެން އަބަދުވެސް ނަޝީދަށް ރައްދު ދެއްވައި ދީނީ ކަންކަން އޮންނަ ގޮތް ސާފުކޮށްދެއްވާ އިޔާޒު ވަނީ މިދިޔަ ހަފްތާގައި އެމަނިކުފާނުގެ އަދާކުރައްވަމުންދިޔަ ވަޒީފާއިންވެސް ވަކިކޮށްފައެވެ.

މަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށް ގެންގުޅުއްވާ ހުވަފެން ދޫކޮށްލައްވާ. އިންޝާﷲ ދެނެއް ދުވަހަކުވެސް އެކަމެއްނުވާނެ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ނަޝީދު ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ އިންޑިއާ އައުޓް އާއި އަންހެނުން ޚިތާނު ކުރުމަށް ސަޕޯޓް ކުރުމާއި އަދި ނަފްރަތު ބިލާއި އިދިކޮޅު ހަދާ މީހުންނަކީ އެއްބައެއްކަން ސޯޝަލް މީޑިއާގައި ނެގި ޕޯލުން ސާފުވާކަމަށެވެ. އަދި އެފަދަ މީހުންގެ ތާއީދު ހޯދައިގެން ސިޔާސީ މަސައްކަތް ކުރެއްވުމަށް ގަސްތު ނުކުރައްވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގެ ސާވޭއަކުން ސާފުވާނެ، އިންޑިއާ އައުޓް އާއި އަންހެނުން ޚިތާނު ކުރުމަށް ސަޕޯޓް ކުރުމާއި އަދި ނަފްރަތު ބިލާއި އިދިކޮޅު ހަދާ މީހުންގެ 90 އިންސައްތަ އެއީ އެއްބައެއްކަން. އެފަދަ މީހުންގެ ތާއީދު ހޯދައިގެން އަޅުގަނޑު ކުރަން ބޭނުންވާ ސިޔާސީ މަސައްކަތެއްނެތް.

– ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ދީނީ އިލްމުވެރިންނާއި ޚިޔާލު ތަފާތުވެ، އެބޭފުޅުންނަށް ރައްދު ދެއްވައި ހައްދަވާ ސިޔާސީ ލީޑަރަކެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވަމުންދަނީ ޝައިޚު އިޔާޒު އާއި ސަލަފްގެ އިލްމުވެރިންނާއި، އަދާލަތު ޕާޓީގެ ބައެއް އިލްމުވެރިންނަކީ މުޖުތަމައުގެ އަމަންކަން ގެއްލުވާލަން މަސައްކަތް ކުރައްވާ އިލްމުވެރިންތަކެއް ކަމަށެވެ. ނަޝީދު ނިސްބަތްވާ އެމްޑީޕީގެ ވެރިކަމުގެ ކޯލިޝަންގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ޕާޓީއަކީ އަދާލަތު ޕާޓީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޒ ޒަހިރު
ދީނީ ބެޔފުޅުން ވެސް ސިޔާސީ ކުޅިގަނޑުގައިޖެހިފަ މުޅިގަުމު ސިޔާސީ!