ބައެއް ބަސްތަކުގެ މާނައަކީ، ބައެއް ބޭފުޅުންނަށް، އަހަރުން އަހަރަށް އޮޅޭ އެއްޗަކަށްވެއްޖެ: ސައީދު

ބައެއް ބަސްތަކުގެ މާނައަކީ، ބައެއް ބޭފުޅުންނަށް، އަހަރުން އަހަރަށް އޮޅޭ އެއްޗަކަށްވެއްޖެ: ސައީދު

Author
މުޙައްމަދު ޝަޒައިމް
02 ޖުލައި 2021 02:39
0

ބައެއް ބަސްތަކުގެ މާނައަކީ، ބައެއް ބޭފުޅުންނަށް، އަހަރުން އަހަރަށް އޮޅޭ އެއްޗަކަށް ވެފައިވާކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އަވަށްޓެރި އިންޑިއާ، އާއި ގުޅޭގޮތުން ދައްކަވާ ފިތުނަވެރި، އަދި ބޭއަަދަބީ ވާހަކަތައް ހުއްޓާލަންޖެހޭ ކަމަށްވިދާޅުވެ ނަޝިދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ސައީދު ވަނީ ރައީސް ޔާމީންވެ ވެރިކަމުގައި ރައީސް ނަޝީދު އޭރު ކުރެއްވި ޓްވީޓެއްވެސް ކުރެއްވި ޓްވީޓުގައި ހިމަނާފައެވެ. ރައީސް ނަޝީދަކީ، ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއް އޮތް ސައޫދީ އަރަބިއްޔާއަށާއި، ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެވެ. އަދި މިހާރުވެސް ރައީސް ނަޝީދު ޗައިނާއަށް ފާޅުގައި ފާޑުވިދާޅުވަމުންދެއެވެ.

ސައީދު ވިދާޅުވީ މިއަދު ރައީސް ނަޝީދު ފަދަ ބޭފުޅުންނަށް ހޭޓް ސްޕީޗް، ފިތުނަ، ޑިޕްލޮމެސީ، ބައިނަލް އަގުވާމީ ޤާނޫނު، ހަރުކަށި ފިކުރުފަދަ ބަސްބަހުގެ މާނަ މިއީ އަހަރުން އަރަށް ބަދަލުވާ އެއްޗަކަށް ވެފައިވާކަމަށެވެ. އެކި އަހަރު އެކި ގޮތަށް މިބަސްބަހުގެ މާނަކުރެވޭ ކަމުގައިވާނަމަ، އެމްޑީޕީން ގެނެސްދޭން އުޅޭ އިންސާފުގެ ދަތުރު އޮންނާނީ ކިހިނެތްކަން ރައްޔިތުން ވިސްނާލުން ރަނގަޅުކަމަށް ސައީދު ވިދާޅުވިއެވެ.

ހޭޓް ސްޕީޗް، ފިތުނަ، ޑިޕްލޮމެސީ، ބައިނަލް އަގުވާމީ ޤާނޫނު، ހަރުކަށި ފިކުރުފަދަ ބަސްބަހުގެ މާނަ މިއީ އަހަރުން އަރަށް ބަދަލުވާ އެއްޗަކަށް މިވަނީވެފަ! މިއީ ބައެއް ފަރާތްތަކަށް ޤާނޫނާއި އިންސާފު މާނަކުރެވޭ ގޮތް! ދެން އިންސާފުގެ ދަތުރަށް ވާނެ ގޮތް ވިސްނަވާ.

– ސައީދު ވިދާޅުވިއެވެ.

އިންޑިއާގެ ސަފީރާއި، ފަސްޓް ސެކެޓްރީއާއި ގުޅޭގޮތުން ބޭއަދަބީ ބާހަކަ ދައްކައި، ސަލާމަތަށް ނުރައްކާވާކަމަށްބުނެ ބައެއް މީޑިއާތަކުން ދައްކަމުންދާ ވާހަކަތަކާއިމެދު ފިޔަވަޅު އަޅައި ދިނުމަށް އިންޑިއާ އެމްބަސީން ފޮރިން މިނިސްޓްރީގައި ވަނީ އެދިފައެވެ. މިކަމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުންވެސް އަދި ވާދަވެރިންވެސް އިންޑިއާއާއި ގުޅޭގޮތުން ދައްކަމުންދާ ފިތުނަވެރި ވާހަކަތައް ހުއްޓާލަން ޖެހޭކަމަށެވެ.

ބޭރުގެ އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި، އެކި ޑިޕްލޮމެޓުންނަކީ އިހުތިރާމް ލިބިގެންވާ ބަޔަކަށް ވާންޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ. އެމީހުންނާއި ގުޅޭގޮތުން ވާހަކަތައް ދައްކާއިރު، ވަހަކަތައް ހުންނަންޖެހޭނީ ވަކި ހުދޫދެްގެ ތެރޭގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވަހީދުބޭ
ސައީދުކީރިތިރަސޫލާގެސީރަތުއަޑުއެހިންތަބޭބެއެހީމެވަރައްތަފުސީލުކޮށް.ނަސޮރާއިންނާ.ޔަހޫދީންގުވާހަކައެސީރަތުސާފުވާނެއެބައަމީހުންގެވާހަކަވަރައްތަފާތުވާނެތެދެއްނުބުނާނެތެދެއްބުނާކަށްނޭގޭނެ.އެބިއިމީންގެކަމަކީއަބަދުވެސްއޮޅުވައަލުމާމަކަރާހީލިތުންއެބައިމީހުންނައްތާއީދުކުރާބަޔަކުވާވައްދާގެންމޮޅެތިވާހަކަދެއްކުން؟