ވަޒީފާއިން ވަކިކުރީ ވައިސް ޗާންސެލަރު ޝަރީފްގެ ވައުދެއް ފުއްދެމުވުމަށް: ޑރ.އިޔާޒު

ވަޒީފާއިން ވަކިކުރީ ވައިސް ޗާންސެލަރު ޝަރީފްގެ ވައުދެއް ފުއްދެމުވުމަށް: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
02 ޖުލައި 2021 10:46
0

ދިނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަޤާމުން ވަކިކޮށްފައިވަނީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފްގެ ވައުދެއް ފިއްދެވުމަށް ކަމުގައި ޑރ.އިޔާޒު ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވާސިޓީގެ ވަޒީފާއިން ކުއްލި ގޮތަކަށް ޑރ.އިޔާޒު ވަކިކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިމައްސަލާގައި ޑރ.އިޔާޒު މިޑިއާގައި މިގަނަ ވާހަކަތަކެއް ނުދެއްކެވިނަމަވެސް، އިޔާޒު ވަނީ ނާއިސާފުގެ ކުރިމައްޗަށް އިންސާފު އިސްވެ، އިންސާފު ލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި އޭނާއާއިމެދު އަޅާފައިވާ ފިޔަވަޅަކީ ވަކި މީހެއްގެ ވައުދެއް ފުއްދެވުމަށް އަޅާފައިވާ ބޭއިންސާފު ފިޔަވަޅެއްކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

އަޅުގަނޑާއިމެދު މިއަދު އެޅި ފިޔަވަޅަކީ މުހައްމަދު ޝަރީފްގެ ވައުދެއް ފުއްދެވުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް. އިންޝާﷲ އެއީ ބާތިލް ނިންމުމެއްކަން ހާމަވެގެންދާނެ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ޝައިޚު އިޔާޒު ވިދާޅުވީ އަވަސް އަރުވާލައިގެން މިދަނޑިވަޅުގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މަޖިލީހުގައި އޮތް ނަފްރަތު ބިލުގެ މައްސަލާގައި ދިވެހި ރައްޔިޔުންގެ މެދުގައި އޮތް ކަންބޮޑުވުމުގެ ފޯކަސް މުޅިން އެހެން ދިމާލަކަށް އަނބުރާލުމަށް ކަމަށެވެ. ނަމަވެސް މިމަސައްކަތަކީ މިހެން އަދި ކުރެވޭ ކަމަކުން ނިންމާލެވޭނެ ކަމެއްނޫންކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ. އަދި އެބިލާއި ދެކޮޅަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެކަމަށްވެސް ޑރ.އިޔާޒު ވަނީ ވިދާޅުވެފައެވެ.

މިދަނޑިވަޅާއި ދިމާކޮށް އަވަސް އަރުވާލައިގެން މުހައްމަދު ޝަރީފް އެކަން ކުރެއްވި ބޭނުމަކީ މަޖިލިސްގައި އޮތް ބިލްގެ ފޯކަސް ގެއްލުވާލުން. އިންޝާﷲ އެކަމެއް އެހެން ނުވާނެ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ޑރ. އިޔާޒް ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން އެމް.އެން.ޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފް ބައެއް މީޑީއާތަކުގައި ވިދާޅުވީ، ޑރ. އިޔާޒް ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި، ހަރުކަށި ފިކުރަށް ހިތްވަރުދޭ ގޮތަށް ކުރައްވާ ޕޯސްޓުތަކާ ގުޅިގެން ތަކުރާރުކޮށް އަނގަބަހުންނާއި ލިޔުމުން ނަސޭހަތްތެރިވެ އިންޒާރު ދިނުމުންވެސް މިމައްސަލަ ތަކުރާރުވާތީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.