ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާ މި އިމާރާތުގެ އަޕްޑޭޓް މިއަދު ވަނީ ދީފައެވެ. އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ވާރޑް އިމާރާތުގެ ސީލިންގ މަސައްކަތްތައް ކަމަށެވެ.
ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ވާރޑް އިމާރާތުގެ ސީލިންގ މަސައްކަތްތައް. މި މަޝްރޫޢަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫޢެއް.#MTCCProjects pic.twitter.com/nNSNsPURXA
— MTCC Plc (@MTCCPlc) June 30, 2021
ހެލްތު މިނިސްޓްރީން 30 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ހަވާލު ކުރި މި މަަސައްކަތުގައި ލެބޯރެޓަރީ އަކާއި ވޯޑް އިމާރާތެއް އެޅުމާއެކު އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.
ހަ މަސްދުވަހުން ނިންމަން ހަވާލުކުރި މަޝްރުއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގައެވެ.
ކޮމެންޓު ފޮނުވާ