ދެކުނު އޭޝިއާގެ ޤައުމުތަކަށް ރާއްޖޭގެ ބޯޑަރު ޖުލައި 16 ގައި ހުޅުވާލަނީ

ދެކުނު އޭޝިއާގެ ޤައުމުތަކަށް ރާއްޖޭގެ ބޯޑަރު ޖުލައި 16 ގައި ހުޅުވާލަނީ

Author
މުޙައްމަދު ޝަޒައިމް
30 ޖޫން 2021 10:48
0

ދެކުނު އޭޝިއާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު އަންނަމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުޅުވާލުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހުން އަލުން ހުޅުވާލިފަހުން މިއަހަރުގެ މެއި މަހާ ހަމައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުން ދިއައީ އިންޑިއާއިންނެވެ.

އެހެން ނަމަވެސް ރާއްޖެއިން އެޤައުމުން އަންނަ ފަތުުރުވެރިންނަށް ޓޫރިސްޓް ވިސާ ދިނުން ހުއްޓާލުމާއެކު، ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ އަދަދުތަކަށް ބޮޑެތި އަސަރުތަކެއް ވަނީކޮށްފައެވެ. އެގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 52748 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މެއިމަހު ރާއްޖެއަށް ޒިޔާރަތްކުރި 64613 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 22 އިންސައްތަ ދަށް އަދަދެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލުމަށް ނިންމަވާފައިވާކަމަށާއި، އެހެންނަމަވެސް އެކަން ކުރާނީ ސައުތު އޭޝިޔާގެ ޤައުމުތަކުގެ ޙާލަތު އަދި އެއް ހަފްތާ ވަންދެން ބެލުމަށްފަހުގައިކަމަށެވެ.

ސައުތު އޭޝިއާގެ ފަތުރުވެރިންނަށް އަޅުގަނޑުމެންގެ ބޯޑަރުތައް ހުޅުވާލުމަށް ނިންމާފައި މިވަނީ ޖުލައި 15 ވަނަ ދުވަހު، އެހެން ނަމަވެސް މިކަން އަޅުގަނޑުމެން ކުރާނީ ކުރިއަށް މިއޮތް ހަފްތާގައި ސައުތު އޭޝިއާގެ ކޯވިޑް -19ގެ ހާލަތަށް ބެލުމަށްފަހު، އެހެން ނަމަވެސް މިހާރަށް ނިންމާފައި މިވަނީ ރާއްޖޭގެ ބޯ÷ޑަރުތަށް ޖުލައި 15ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތަށް އެކީގައި ހުޅުވާލުމަށް.

– ރައީސް ވިދާޅުވިއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ނިންމާފައިވާއިރު، ރާއްޖެއަށް އެޤައުމުތަކުން އަންނަ ފަތުރުވެރިން ނެގެޓިވް ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ހުށަހަޅަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.