ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވާފައިވާ ނަންފުޅު ދިރާސާ ކުރެއްވުމަށް ކޮމެޓީއަށް ފޮނުއްވައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ގ.އައިފަ، ހުސެއިން ނިޔާޒީގެ ނަންފުޅު ދިރާސާ ކުރެއްވުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށެވެ.
ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މަޤާމުން އިސްތިއުފާދެއްވީ މަޖިލީހުން ޢާއްމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާލިބުނު ކަމަށް ތުހުމަތުވާ ފަރާތްތަކުގެ ލިސްޓުގައި ޒިޔަތުގެ ނަން އޮތުމުން، މިދިޔަމަހުގެ 12 ވަނަ ދުވަހުއެވެ.
އިސްތިއުފާ ދެއްވައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގައި ޒިޔަތު ވިދާޅުވީ ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުގައި އޭނާ މިވަގުތު ދެމިހުރުމަކީ، ދައުލަތާއި އޮޑިޓަރ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކޭކަމަށާއި، އެހެންކަމުން ތަހުޒީބު މުޖުތަމައު ތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާދެއްވާފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ