ދެޑޯޒް ޖެހި މީހުންނަށް ދިގުއިންތިޒާރެއް، ރާއްޖޭގެ އުސޫލުތައް އާގޮތަކަށް!

ދެޑޯޒް ޖެހި މީހުންނަށް ދިގުއިންތިޒާރެއް، ރާއްޖޭގެ އުސޫލުތައް އާގޮތަކަށް!

Author
މުޙައްމަދު ޝަޒައިމް
30 ޖޫން 2021 09:49
0

ދުނިޔޭގެ ހުރިހާ ޤައުމެއްގައި ކޯވިޑް ވެކްސިންގެ ދެޑޯޒް ޖަހަމުންދަނީ ދެކަމަކަށްޓަކައެވެ. އެއްކަަކީ ބަލިން ރައްކާތެރިވުމެވެ. އަނެއްކަމަކީ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ ފުރުސަތު ހޯދުމަށެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވެކްސިން ދެޑޯޒް ފުރިހަމަ ކުރާ މީހުންނަށް ބޮޑެތި ލުއިތަކެއް ދަނީ ދެމުންނެވެ.

ބޮޑު ޗުއްޓީ އާއި ބޮޑު އީދާ ދިމާކޮށް، ސަރުކާރުން އިއްޔެ ވަނީ، ކޯވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭނެ ލުއިތައް އިއުލާންކޮށްފައެވެ. އެކަމަކު ހީކުރިގޮތާ ހިލާފަށް، ދެ ޑޯޒް ފުރިހަމަކުރި އެކަކަށް ވެސް ލުޔެއް ނުލިބުނެވެ. އޭގެ ބަދަލުގައި، ކޯވިޑް ޖެހި ރަނގަޅުވިތާ 60 ދުވަސް ތެރޭގައި ކަރަންޓީނެއް ނެތި ރަށްރަށަށް ދަތުރު ކުރެވޭ ގޮތް ވަނީ ހަމަޖައްސައިދީފައެވެ.

މިއުސޫލާއިއެކު ފާޑުކިޔަމުންދަނީ ހަމައެކަނި އާންމު ރައްޔިތުންނެއް ނޫނެވެ. މިއުސޫލަށް އެޗްޕީއޭގައި ހިމެނިވެޑައި ގަންނަވާ ޑޮކްޓަރުންވެސް ދަނީ ފާޑުވިދާޅުވަމުންނެވެ. އެގޮތުން އެޗްޕީއޭގައިވެސް ހަރަކާތްތެރިވާ ރާއްޖޭގެ ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރު ޑރ.އަހުމަދު ފައިސަލް ވިދާޅުވީ ރާއްޖޭގައި ކޯވިޑުޖެހުނުކަން ނޭނގޭ އެތައް ބަޔެއް އުޅޭއިރު، ދެން އަނެއްކާ އެންޓިބޮޑީ ޓެސްޓު ހަދައިގެން ޖެހުނުކަމަށް ހެކިހޯދަން އުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ. އަދި އެންޓިބޮޑީ ޓެސްޓު ހެދިޔަސް 60 ދުވަސް ގުނާނެ އެއް ގޮތެއްވެސް ނޭނގޭނެ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި ގޮތުގައި، ދެ ޑޯޒަށްފަހު ވަރަށް ގިނަ ގައުމުތަކުގައި ބޮޑެތި ލުއިތަކެއް ދިނަސް ރާއްޖޭގައި ހަރުކަށި ފިޔަވަޅުތައް އަންނަނީ ބޭނުންވާ ވަރަށް މީހުންނަށް ދެ ޑޯޒް ޖެހިފައިނުވާތީ ކަމަށެވެ. އާބާދީގެ 75 ޕަސެންޓް މީހުންނަށް ވެކްސިންގެ ދެ ޑޯޒް ޖެހިފައިވާނަމަ ލުއި ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް އިން ރަނގަޅުވެފައިވާ މީހުންނަށް ލިއުތަކެއް ދިން ނަމަވެސް، ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންނަށް ލުއިތަކެއް ދެވެން ނެތް ކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. އެހެން ނަމަވެސް ޖުލައި މަހުގެ ތެރޭގައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިއްޖެނަމަ، ލުއިތަކެއް ދެވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

m mode
5 ގަޑިރު ކިއުގަ ބަހައްޓައިގެން 2 ޑޯޒު ހަމަކުރުވީ ލުއި ލިބޭނޭކިޔައިގެން މިހާރު މިއޮތީ އަނެއްކާ މޮޅުވާހަކައެއް ދައްކާފަ އަބަދު މިގޮތަށް މޮޅު ވާހަކަ ނޫން އެއްޗެއް އެބަކިޔާބާ. އެހެން ޤައުމުތަކާއި ހިލާފަށް މިދެން މާމޮޅު ހެލްތް ދާއިރާގެ ވަޒީރެއް ހުރިތަނެއް.
ހ ހުސޭނުބޭ
ދެން މިކަމުގަވެސް މިޖެހެނީ މުޒާހަރާކުރަން. ދުނިޔޭގެ މީހުން ވެކުސިން ޖަހަނީ އެއިން ލުއިފަސޭހަތަކެއް ހޯދުމައް ކަމައް މީގެކުރިން އެނގިފަ އޮންނަނީ. ޢެކަމަކު މިވީއެހެނެއްނޫން.
ކ ކަލީމު
ހެލްތް މިނިސްޓަރަކަށް މިއަށްވުރެ ހަރުދަނާ މީހެއްނެތީބާ؟ ކޮބާ މިޝްޤާގެ ރިޕޯޓު؟ އެކަން އެ ނިމުނީދޯ؟ ނޫސްތަކުންވެސް ނުފެނޭމިހާރު.