ދެ ރަށަކުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ދެ ރަށަކުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2021 12:59
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި ލ. މާވަށު ޕޮލިސް ސްޓޭޝަނުުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްުޔަރު ކޮށްފިއެވެ.

މި ދެ އޮޕަރޭޝަނުގެ ތެރެއިން ކ. ހިންމަފުށީގައި ހިންގި އޮޕަރޭޝަނަކީ އެރަށު ބަނދަރުމަތީގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންމަފުށި ޕޮލިސް ސްޓޭޝަނުން މި ޖޫން މަހުގެ 26 ވަނަ  ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި  ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

ލ.މާވަށުގައި ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ލ. މާވަށު ޕޮލިސް ސްޓޭޝަނުން ޖޫން 26 ވަނަ ދުވަހުގެ 18:10 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 30 އަހަރުގެ މީހާކު ހައްޔަރުކޮށްފައިވާއިރު، އެމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އަދި މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަދާމެދު ގޮތެއް ނިންމުމަށް ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުނުް ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.