ދީނުގެ ޢިލްމުވެރިން ވާހަކަފުޅު ދައްކަވަންވާނީ މަޑުމައިތިރިކަމާއެކު ރީތިބަހުން: މައުމޫން

ދީނުގެ ޢިލްމުވެރިން ވާހަކަފުޅު ދައްކަވަންވާނީ މަޑުމައިތިރިކަމާއެކު ރީތިބަހުން: މައުމޫން

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2021 09:54
0

ދީނުގެޢިލްމުވެރިން ވާހަކަފުޅު ދައްކަވަންވާނީ މަޑުމައިތިރިކަމާއެކު ރީތިބަހުން ކަމުގައި ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޣައްޔޫމް ވިދާޅުވެއްޖެއެވެ.

އަންހެން ކުދިން ޚިތާނު ކުރުމުގެ މައްސަލާގައި ރައީސް މައުމޫނާއި، ޑރ.އިޔާޒުގެ މެދުގައި އުފެދިފައިވާ ޚިލާފްތަކައި ގުޅިގެން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ދަނީ ނުސީދާކޮށް ރައްދުދީ އެކިވާހަތައް ދައްކަވަމުންނެވެ. ދެބޭފުޅުންގެ ޤުރުއާނުގެ އާޔަތްތަކާއި، ދަލީލުތަކާއިއެކު މައުލޫމާތުތައް ރައްޔިތުންނާއި ހަމައަށް ވާސިލް ކުރަމުންދާއިރު ރައީސް މައުމޫން ވިދާޅުވެފައިވަނީ ޢިލްމުވެރިން ވާހަކަ ދައްކަވަންވާނީ މަޑުމަތިރިކޮށްކަމުގައެވެ.

ދީނުގެޢިލްމުވެރިން ވާހަކަފުޅު ދައްކަވަންވާނީ މަޑުމައިތިރިކަމާއެކު ރީތިބަހުން. ކީރިތި ޤުރްއާނުގެ އެތައްއާޔަތަކުން މިކަން ސާފުކޮށް އެނގެން އެބައޮތް.

– މައުމޫން ވިދާޅުވިއެވެ.

ޚިތާނުގެ މައްސަލާގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ އިސްލާމް ދީނުގައި ޚިތާން ކުރުން ޝަރްޢު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންކަމަށެވެ. އަންހެންކުދިން ޚިތާން ކުރުމެއް ނޯންނަ ކަމަށާއި، ޚިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ ޢަމަލެއް ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

މައުމޫން މިފަދައިން ވިދާޅުވި ނަމަވެސް ޑރ.އިޔާޒު ވިދާޅުވީ އަންހެން ކުދިން ޚިތާނު ކުރުމަކީ ދީނުގައި ނެތްކަމެއްކަމަށް ބުނެ ވާހަކަ ދެއްކުމަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. ނަމަވެސް އަންހެން ކުދިން ޚިތާނު ކުރުމަކީ ވާޖިބެއް ނޫންކަމަށްވެސް ޑރ.އިޔާޒު ވިދާޅުވިއެވެ.

އަންހެނުން ހިތާނު ކުރަން ހިތްވަރު ދޭ ކަމަށް ބުނެ، ދީނީ އިލްމުވެެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފްއާ ދެކޮޅަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މައްސަލައެއްވެސް މަޖިލީހަށް ހުށައަޅާފައެވެ. ރައީސް މައުމޫނަކީ ދީނީ މިފަދަ މައްސަލަތަކުގައި އަބަދުވެސް ބަސްފުޅު ވިދާޅުވާ ބޭފުޅެކެވެ. ނަމަވެސް ދާދިފަހުން ދިވެހި ރައްޔިތުން އެންމެ ކަންބޮޑުވި އެއްމައްސަލަ ކަމުގައިވާ ނަފްރަތު ބިލާއި ގުޅޭގޮތުން މިހާތަނަށްވެސް ރައީސް މައުމޫން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.