މޮރޮކޯ ސަފީރަކަށް ޑރ.އާޞިމް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

މޮރޮކޯ ސަފީރަކަށް ޑރ.އާޞިމް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

Author
މުޙައްމަދު ޝަޒައިމް
28 ޖޫން 2021 01:40
0

މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢާޞިމް އަޙްމަދު އަޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ޑރ.ޢާޞިމަށް ރުހުން ހޯއްދެވުމުގެ މައްސަލަ ދިރާސާކުރި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ތަޅުމަށް ފޮނުއްވި ރިޕޯޓު ފާސްކުރީ ޖަލްސާގައި ބައިވެރިވި 53 މެންބަރުންގެ ވޯޓުންނެވެ. ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ޑރ. އާސިމް މި މަޤާމަށް އަޔަންކުރަން ފާސްކުރީ އޭނާއަކީ މިހާރުވެސް، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމުގައި ހުނެނެވުުމުން އިތުރު ދިރާސާއެއްކުރުމަށް ނެތިއެވެ.

ޑރ.ޢާޞިމް އަޙްމަދަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޑރ.ޢާޞިމް މީގެކުރިން ވަނީ ސަރުކާރުގެ އިސް މަޤާމުތަކެއްވެސް ފުރުއްވާފައެވެ. މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމާއި، ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމު ހިމެނެއެވެ. އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ޚިދުމަތްވެސް އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލޮލް
ޑރ. ގަރަހިތަ..!