ނަޝީދުގެ ބޮޑީގާޑު، އިލްހާމްގެ ކަނދުރައިގެ އޮޕަރޭޝަނެއް ކުރަނީ

ނަޝީދުގެ ބޮޑީގާޑު، އިލްހާމްގެ ކަނދުރައިގެ އޮޕަރޭޝަނެއް ކުރަނީ

Author
މުޙައްމަދު ޝަޒައިމް
28 ޖޫން 2021 08:57
0

ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑެއްގެ ގޮތުގައި ހަރަކާތްތެރިވާ އިލްހާގެ ކަނދުރައިގެ އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް ނަޝީދުގެ ބޮޑުބޭބޭފުޅު ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.

ބޮމުގެ ހަމަލާގައި ރައީސް ނަޝީދަށް އަވަސް ފަރުވާދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އިލްހާމްގެ ކަނދުރައިގެ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައި އައިޖީއެމްއެޗްގައެވެ. ނަމަވެސް މިއީ ބޮމުގެ ހަމަލާއާއި ގުޅިގެން ލިބުނު އަނިޔާތަކެއްގައި ކަމެއް ނޫނީ އެނޫން ގޮތަކުން ލިބިފައިވާ އަނިޔާއަކާއި ގުޅިގެން ކުރާ އޮޕަރޭޝަނެއް ކަމެއް އެނގިފައި ނުވެއެވެ.

ބޮމުގެ ހަމަލާގައި ރައީސް މުހައްމަދު ނަޝީދު ސަލާމަތް ކުރި އިލްހާމް ގެ ކަނދުރައިގެ ޑިސްކެއް ހަލާކުވެފައިވާތީ މިއަދު އައިޖީއެމްއެޗްގައި އޮޕަރޭޝަން ކުރަނީ އަވަސް ޝިފާއަކަށް އެދެން.

– ނާޒިމް ސައްތާރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހިންގާ އިންކުއަރީއަށް އެ މަނިކުފާނުގެ ބޮޑީގާޑުން، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވަނީ ހާޒިރު ކޮށްފައެވެ.

ރައީސް ނަޝީދުގެ ބޮޑީގާޑުން ކޮމިޓީއަށް ހާޒިރުވުމުން މެންބަރުން ވަނީ އެ ބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ރައީސް ނަޝީދުގެ ބޮޑީގާޑުން 241 ކޮމިޓީއަށް ހާޒިރު ކުރީ މިމަހުގެ 12 ވަނަ ދުވަހުގެ އެކި ވަގުތު ތަކުގައެވެ. އިންކުއަރީ ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމަށްވާތީ ބޮޑީގާޑުންނާ ކުރެވުނު ސުވާލުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެމަނިކުފާނުގެ ފުރާއަނައަށް ނުރައްކާވާ ހާލަތަށް ނުދިޔައީ ބޮޑީގާޑުން ކުރެއްވި އަވަސް މަސައްކަތުގެ ސަބަބުންކަމަށް ނަޝީދުގެ އާއިލާއިންވެސް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.