ނަފްރަތު ބިލު ފާސްނުކޮށް ފޮނުވާލުމަށް، ކުރެންދޫ ޖަމްއިއްޔާތަކުން ގޮވާލައިފި

ނަފްރަތު ބިލު ފާސްނުކޮށް ފޮނުވާލުމަށް، ކުރެންދޫ ޖަމްއިއްޔާތަކުން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2021 07:41
0

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެން ހުށަހަޅާފައިވާ ނަފުރަތުގެ ޢަމަލު ބަޔާން ކުރާބިލު ފާސްނުކޮށް ފޮނުވާލުމަށް ޅ.އަތޮޅު ކުރެންދޫ ޖަމްއިއްޔާތަކުން ގޮވާލައިފިއެވެ.

ކުރެންދޫ ކުރިމަގު ފައުންޑޭޝަން،އިނާލް ފައުންޑޭޝަން އަދި ޑިވެލޮޕްމެންޓް ކުލަބު ގުޅިގެން މިބިލާއި ދެކޮޅަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ނަފުރަތުގެ ޢަމަލުތައް ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ޤާނޫނުލް ޢުޤޫބާތުގެ 24 ވަނަ މާއްދާއަށް ހުށައެޅިފައިވާ އިސްލާހްތައް ފާސްވެއްޖެނަމަ، މުޅި އިސްލާމީ ދަޢުވަތަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. އަދި މިބިލަކީ އިސްލާމް ދީނާއިދެކޮޅު ސެކިއުލަރ ފިކުރުގެ ދިވެހިންނާއި ބޭރުގެ އެފަދަ މީހުންނަށް ހިތްވަރުދޭ ބިލެއްކަމަށް ވަނީ ބުނެފައެވެ.

ޖަމްއިއްޔާތަކުން ބުނެފަައިވަނީ މިބިލްފާސްވެއްޖެނަމަ، ދިވެހި ފަސްގަނޑުގައި އިސްލާމްދީން ދިފާޢުކޮށް، މުންކަރާތްތައް ނަހީކޮށް، ދިވެހި ޤައުމުގެ މިނިވަންކަން ހިމާޔަތް ކުރުމުގެ ނިޔަތުގައި ވެސް އެއްޗެކޭ ބުނުމުގެ ފުރުސަތު ބަންދު ވެގެންދާނެކަމަށެވެ. އަދި ދިވެހިންގެ ދުލާއި ޤަލަމުގައި ކަސްތޮޅުއެޅިގެންދާނެ ކަމަށެވެ.

މިއީ އެއްވެސް ހާލެއްގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ހުއްޓުވުމަށް ނުވަތަ ނަފުރަތުގެ ޢަމަލު ހުއްޓުވުމަށް ހުށައެޅިފައިވާ ބިލެއް ކަމުގައި މިޖަމްޢިއްޔާތަކުންނުދެކެން. މިއީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންގެ ޢަމަލުތަކަށް ހިތްވަރުދީ އެފަދަ ޢަމަލު ކުރާ މީހުންނާ ދެކޮޅަށް ދިވެހިންނަށް ބަސްބުނުން މަނާކުރުމަށް ހުށައެޅިބިލެއްކަމުގައި ދެކެން.

– ޖަމްއިއްޔާތަކުން ބުނެއެވެ.

މުޅިރާއްޖޭގައި ފުޅާދާއިރާއެއްގައި ފާޑުކިޔުންތައް އަމާޒުވެފައިވާ، އަދި އިސްލާމް ދީނަށްލޯބިކުރައްވާ ހުރިހާ ޢިލްމުވެރިން ވެސް މިބިލާއިމެދު އެއްވިސްނުމެއްގައި ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މިބިލް ފާސްނުކޮށް ފޮނުވާލުމަށް ރައްޔިތުންގެ މަޖްލިސްގެ އެންމެހާ މެމްބަރުންނަށް ވަނީ ގޮވާލަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވަހީދުބެ
އަބަދުވެސްއެއެނުލާކޭގެއުޅެމުންދަނީ އޭނަގެންގުޅޭދޮންކުދިންއުފާވާކަމެށްނޮއްދެވޭތޯ.ދިވެހިރައްޔިތުނާ.އިސްލާމްދީނަށާ.އައްލާހުއާ.ރަސޫލާއައްފުރައްސާކުރަމުން؟