ދެވޭ ލުއިތަކާ އަޅާ ބަލާއިރު މިސްކިތުގައި ރަސްމީ ޖަމާޢަތް ނަހަދާ ބޭއްވުމުގެ ޟަރޫރަތެއް އަޅުގަނޑަކަށް މިހާރަކު ނުފެންނަ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައިވަނިކޮށް، މާލޭގެ ބައެއް މިސްކިތްތަކުގައި އިއްޔެވަނީ ޖަމާޢަތުގައި ހުކުރު ނަމާދުކޮށްފައެވެ. އިއްޔެ ހުކުރު ނަމާދު ޖަމާޢަތުގައި ކޮށްފައިވާ ބައެއް މިސްކިތްތަކުގެ ތެރޭގައި ފުރުގާން މިސްކިތާއި ހުޅުމާލޭގެ މަސްޖިދުލް އަލް އުމަރު ބިން އަލް ހައްޠާބު ހިމެނެއެވެ. ކޯވިޑް-19 އާއިގުޅިގެން ހާލަތު ގޯސްވުމުން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދު ކަނޑާލާފައެވެ. ނަމަވެސް މިހާރު ކޯސްތައް މަދުވެ ލުއިތައްވެސް ވަނީ ދޭން ފަށާފައެވެ. ނަމަވެސް ޖަމާއަތުގައި ނަމާދު ކުރުމަށް އަދި ހުއްދަ ދީފައި ނުވެއެވެ.
މިކަމުގެ ކަންބޮޑުވުން ކެނޑިނޭޅި ފާޅު ކުރައްވަމުންދާ ޝައިޚު އަލީ ޒައިދު ވިދާޅުވީ ލުއިތައް މިހާރު ދެމުންދާއިރު ޖަމާއަތުގައި ނަމާދު ކުރެވޭގޮތަށް ޖާގަ ދޭންޖެހޭކަމަށެވެ. އަދި މިހާރު ފެންނަ މަންޒަރުތަކުންނާއި އަދަދުތަކަށް ބަލާއިރު އެކަން ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ޒައިރު ވިދާޅުވިއެވެ.
ދެވޭ ލުއިތަކާ އަޅާ ބަލާއިރު މިސްކިތުގައި ރަސްމީ ޖަމާޢަތް ނަހަދާ ބޭއްވުމުގެ ޟަރޫރަތެއް އަޅުގަނޑަކަށް މިހާރަކު ނުފެނޭ! މިސްކިތުގެ ރަސްމީ ޖަމާޢަތެއް ނެތުމަކީ އޭގެ ސަބަބުން އިތުރު އެހެނިހެން ބައިވަރު މައްސަލަތައް ނުކުންނާނެ އަދި ނުކުންނަމުންދާ ވެސްކަމެއް! މިކަންއަވަސްވުން އުންމީދަކީ!
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ކޯވިޑްގެ ހާލަތު ގޯސްވެ މިދިޔަ މަހަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި މަހެވެ. ނަމަވެސް މިހާރު މަޑުމަޑުން ކޯވިޑްގެ ކޭސްތައް ދަށްވެ، ކޯވިޑްގެ ނުރައްކާތެރިކަން މާލެ ސަރަހައްދުގައި ވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ. މިހާލަތުގައި ޖަމާއަތުގައި އަލުން ނަމާދު ކުރުމުގެ ފުރުސަތު ދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ