ރާއްޖޭގެ އެންމެ ދުވަސްވީ އެއްސިޔާސީ ޕާޓީ، އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި، ކެބިނެޓް ވަޒީރުން ބައިވެެރިވެފައި ނުވެއެވެ.
މިއަދު ހެދު ބޭއްވި ރައްމިއްޔާތު ފެނިގެންދިޔައީ ވަރަށް ފަޅު ރަސްމިއްޔާތެއްގެ ގޮތުގައެވެ. ވެރިކަމުގައި އޮވެ، އެމްޑީޕީގެ އަހަރީ ދުވަސް ކުލަފަނޑުވެގެންދާ ގޮތަކަށް ފެނިގެންގޮސްފައިވާއިރު މިރަސްމިއްޔާތުގައި ބައިވެރިވެ ވަފައިވަނީވެސް މަދު ބައެކެވެ. މިއަދުވެސް އިތުރު ގިނަ ހަރަކާތްތަކެއް ރޭވިފައިވާއިރު، މިހަރަކާތްތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ބައިވެރިވުމެއް އޮތްކަމެއް އެގިފައިނުވެއެވެ.
MDP ge 16 vana Aharee Dhuvahuge Dhidha negun MDP Haruge kurimathee kuriah dhanee pic.twitter.com/IM2rMDXenS
— MDP Secretariat (@MDPSecretariat) June 26, 2021
އެމްޑީޕީ ހަރުގޭގައި ބޭއްވި މިރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި، ނާއިބް ރައީސް މުހައްމަދު ޝިފާޒުއެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، އެމްޑީޕީގެ ބައެއް ސަޕޯޓަރުންވެސް ބައިވެރިވެފައިވެއެވެ.
MDP ge 16 vana Aharee dhuvahuge Dhidha negun @MDPSecretariat gai #MDP16Years pic.twitter.com/B8zJ3EyEBy
— MDP Secretariat (@MDPSecretariat) June 26, 2021
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަކީ ދިވެހިރާއްޖޭގައި މިހާރު މިއޮތް ގިނަ ޕާޓީއެކުލެވޭ ނިޒާމުގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބަވައިގެން މަދު ބޭފުޅުންތަކެއް ފެށްޓެވި ސިޔާސީ މަސައްކަތުގެ ނަތީޖާއެއް ގޮތުން ސިޔާސީ ޕާޓީތައް އުފެއްދުމަށް ރާއްޖޭގައި ހުއްދަދޭން އޭރުގެ ސަރުކާރުން ނިންމެވިއެވެ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ޤައިމުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވުމާއެކު 2005ވަނަ އަހަރުގެ ޖޫން 26ވަނަ ދުވަހު ރަސްމީކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރަޖިސްޓްރީކުރިއެވެ. އެއީ ރާއްޖޭގެ ސިޔާސީ ޙަޔާތުގައި ތާރީޚީ ދުވަހެކެވެ.
މިއަދު އޭގެ ފަހުން 16 އަހަރު ފާއިތުވެގެން ދިޔައިރު ފާއިތުވި ދުވަސްތަކުގައި އެމްޑީޕީން ވަނީ ދަތި އުނދަގޫ އެތައް މަރުހަލާތަކެއްގެ ތެރެއިން ކާމިޔާބު ދުވަސްތަކެއް ދެކެފައެވެ. ރާއްޖޭގައި މިނިޒާމު ޤާއިމުވީފަހުން އުފެދުނު އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ޙާޞިލްކުރެވިފައިނުވާ ބޮޑެތި ކާމިޔާބީތަކެއް އެމްޑީޕީން ވަނީ ހޯދާފައެވެ. އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ކޯލިޝަނުގެ މައި ޕާޓީގެ ގޮތުގައި އޮވެ ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަމާ ޙަވާލުވުމެވެ. 2ފަހަރު ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ލިބުނު އެހެން އެއްވެސް ޕާޓީއެއް ރާއްޖޭގައެއް ނެތެވެ.
އެމްޑީޕީގެ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު، ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާއަށްފަހު އެޕާޓީގެ ތެރޭގައި ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ