ވެރިކަން ކުރަމުންދާ މައިޕާޓީ އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދިދަދަ ނެގުމުގެ ހާއްސަ ރައްމިއްޔާތެއް ބާއްވައިފިއެވެ.
އެމްޑީޕީ ހަރުގޭގައި ބޭއްވި މިރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި، ނާއިބް ރައީސް މުހައްމަދު ޝިފާޒުއެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، އެމްޑީޕީގެ ބައެއް ސަޕޯޓަރުންވެސް ބައިވެރިވެފައިވެއެވެ.
ދިދަނެގުމަށް ބޭއްވި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި، ދައުލަތުގެ ވަޒީރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ވަޒީރަކުވެސް ބައިވެރިވެފައި ނުވެއެވެ. އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފަހަގަކުރަމުންދަނީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންދާ ދަނޑިވަޅެއްގައެވެ.
MDP ge 16 vana Aharee Dhuvahuge Dhidha negun MDP Haruge kurimathee kuriah dhanee pic.twitter.com/IM2rMDXenS
— MDP Secretariat (@MDPSecretariat) June 26, 2021
އެމްޑީޕީގެ ސޯޅަވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގިނަ ހަރަކާތްތަކެއް މިއަދު ބޭއްވުމަށް އެޕާޓީން ވަނީ އިންތިޒާމު ކޮށްފައެވެ. އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް އެޕާޓީގެ ޤައުމީ މަޖިލީހުގައި ވަނީ މަޝްވަރާކޮށްފައެވެ. ޕާޓީގެ ޗެއަރޕާސަން ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަރަކާތެއް މިރޭ އޮންނާނެކަމަށެވެ. އަދި އަހަރީ ދުވަހާއި ގުޅުވައިގެން ހިންގާ ހަރަކާތްތައް އަންނަ މަހުގެ 24 ވަނަދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާކަމަށްވެސް ޗެއަރޕާސަން ވިދާޅުވިއެވެ.
މަލްޓި ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފުވެ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެއަށްފަހު ދެވަނަ ރަޖިސްޓްރީކުރީ އޭރުގެ ރަޢީސް، ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފެއްދެވި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ)އެވެ. އެހެންނަމަވެސް އެޕާޓީ ދެބައިވެ ފަހުންވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުފެދިފައެވެ. އަދި ފީޕީއެމްގެ ތެރެއިން އިތުރު ޕާޓިއެއް އުފެއްދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ނަމުގައި ރަޖިސްޓްރީކޮށް އަންނަނީ ހިންގަމުންނެވެ.
އިލެކްޝަން ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން މިވަގުތުވެސް 9 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. ރާއްޖޭގައި މަލްޓި ޕާޓީ ސިސަމްޓަމް ތައާރަފުވި ފަހުން މިހާތަނަށް ބޭއްވި ތިން އިންތިޙާބުވެސް ކާމިޔާބުކޮށްފައިވަނީ އެކި ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަން ސަރުކާރުތަކުންނެވެ.
ސިޔާސީ ޕާޓީގެ ދަފްތަރުގައި ދެން ހިމެނޭ ފާޓީތަކަކީ ޢަދާލަތު ޕާޓީ (އޭ.ޕީ) އާއި، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) އާއި، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) އާއި، މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އާއި، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) ހިމެނެއެވެ.
ކޮމެންޓު ފޮނުވާ