އަންހެން ކުދިން ޚިތާނު ކުރުމުގެ މައްސަލާގައި ޑރ.އިޔާޒާއި، މައުމޫންގެ ރަޢުޔު ތަފާތު

އަންހެން ކުދިން ޚިތާނު ކުރުމުގެ މައްސަލާގައި ޑރ.އިޔާޒާއި، މައުމޫންގެ ރަޢުޔު ތަފާތު

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2021 09:28
0

އިސްލާމްދީނުގައި ހިތާނު ކުރުން ޝަރުއު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަަމަށާ އަންހެން ކުދިން ހިތާނަ ކުރުމެއް ނެތް ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވިނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޝައިޚު ޑރ.މުހައްމަދު އިޔާޒު ވަނީ ރައީސް މައުމޫންގެ ވާހަތަކަށް އިންކާރު ކުރައްވާފައެވެ. ރައީސް މައުމޫން ވިދާޅުވެފައިވަނީ އިސްލާމްދީނުގައި ހިތާބު ކުރުން ޝަރުއު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަަމަށާ އަންހެން ކުދިން ހިތާނަ ކުރުމެއް ނެތް ކަމަށެވެ. އަދި ހިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެެއްލުން ދިނުމަކީ އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފު ނާތަހުޒީބު އަމަލެއް ކަމަށެވެ.

އިސްލާމްދީނުގައި ކަމެއް އޮތްކަމަށް ބުނެވޭނީ ޞައްޙަ ޝަރްޢީދަލީލަކުން އެކަން ސާބިތުވާން އޮތިއްޔާ. އަންހެންކުދިން ޚިތާންކުރުން ހުއްދަކުރާ އެފަދަދަލީލެއް ކީރިތި ޤުރްއާނުގައިވެސް ޞައްޙަ ޙަދީސެއްގައިވެސްނެތްކަމަށް މަޝްހޫރުޢިލްމުވެރިޔާ އިބްނުލްމުންޒިރު ވިދާޅުވެފައިވޭ.

– މައުމޫން ވިދާޅުވިއެވެ.

މައުމޫން މިފަދައިން ވިދާޅުވި ނަމަވެސް ޑރ.އިޔާޒު ވިދާޅުވީ އަންހެން ކުދިން ޚިތާނު ކުރުމަކީ ދީނުގައި ނެތްކަމެއްކަމަށް ބުނެ ވާހަކަ ދެއްކުމަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. ނަމަވެސް އަންހެން ކުދިން ޚިތާނު ކުރުމަކީ ވާޖިބެއް ނޫންކަމަށްވެސް ޑރ.އިޔާޒު ވިދާޅުވިއެވެ.

އަންހެން ކުދިން ޚިތާނު ކުރުމަކީ ދީނުގައި ނެތްކަމެއްކަމަށް ބުނުމަކީ ދޮގެއް. އެއީ އޮތްކަމެއް. ނަމަވެސް ވާޖިބެއް ނޫން.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

އަންހެނުން ހިތާނު ކުރަން ހިތްވަރު ދޭ ކަމަށް ބުނެ، ދީނީ އިލްމުވެެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފްއާ ދެކޮޅަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މައްސަލައެއްވެސް މަޖިލީހަށް ހުށައަޅާފައެވެ. ރައީސް މައުމޫނަކީ ދީނީ މިފަދަ މައްސަލަތަކުގައި އަބަދުވެސް ބަސްފުޅު ވިދާޅުވާ ބޭފުޅެކެވެ. ނަމަވެސް ދާދިފަހުން ދިވެހި ރައްޔިތުން އެންމެ ކަންބޮޑުވި އެއްމައްސަލަ ކަމުގައިވާ ނަފްރަތު ބިލާއި ގުޅޭގޮތުން މިހާތަނަށްވެސް ރައީސް މައުމޫން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

ނަފްރަތު ބިލާއި ދެކޮޅަށް ދީނީ އިލްމުވެރިންނާއި، ކައުންސިލްތަކާއި، ރާއްޖޭގެ ގިނަ ރައްޔިތުން އަޑު އުފުލި ނަމަވެސް ކޯލިޝަންގެ އެއްބައިވެރިޔާ ރައީސް މައުމޫން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިވެހި ދަރިއެއް
ނުދަންނަކަންް ނުދަންނަޖާހިލުންް އިލްމުވެރިންނަށްް ފާޑުކިޔުމަކީވެސްް ދީނާާ ދެކޮޅަށްް ދެވޭޭ ހަމަލާއެއްް ނޫންބާ؟
ބ ބަޗީ
ޤުރްއާނުގެ އާޔަތްތަކާއި ޞައްޙަ ޙަދީޘް ރަނގަޅަށް ނުދަންނަ މީހެއް، މާބޮޑު ޢިލްމުވެރިއަކަށް ހެދިގެން ރައްޔިތުންނަށް އޮޅުވާލި ދުވަސްތައް މާޒީވެއްޖެ. ދެން އެންމެ ރަނގަޅުވާނީ ފޭގައި ހުންނެވުން.
S Sayhu
މިއިޔާޒު މިކިޔަނީކީކޭތަ؟ ޢެކަމަކު އެބަބުނޭ އެކަމައްހިއްވަރެއްނުދެމޭ
M Ma
ހިތްވަރު ދިނުމާއި، އެކަމަކީ ދީނުގައި އޮތްކަމެކޭ ބުނުމާ އެތައް ގުނައެއް ތަފާތުވާނެ.. ދީނުގައި އެގޮތަށް އޮތް ވާހަކަ އިޔާޒު ވިދާޅުވީ، ހުރިހާ އަންހެން ކުދިން އެކަން ކުރާށެކޭ ނުބުނޭ، އެއީ ސުންނަތެއް!!
އ އަސްމި
ބުރުގާ އެޅުމާ ރިބާ ބެންކިންގ އަދި ރަލުގެ ވިޔަފާރީގައި، ނަމާދުގައި ބާރަށް އާމީން ކިޔުމާ. ތުނބުޅި ބެހެށްޓުމާވެސް. ދިވެހިން ބައިވެރިވުމާވެސް ހިޔާލު ތަފާތު.