ރ.އަތޮޅުގައި ހިންގަމުން އަންނަ އިފުރު އެެއަރޕޯޓާއި އެއެއަރޕޯޓާއެކު ތަރައްޤީކުރި ރިސޯޓް 65 މިލިއަން ޑޮލަރަށް ވިއްކާލުމަށް އިޢުލާންކޮށްފިއެވެ.
މިއަހަރުގެ މެއި މަހު ފުރަތަމަ މިދެތަން ވިއްކާލުމަށް އިއުލާންކުރިއެވެ. ނަމަވެސް އެތަންތަން ވިއްކާލަނީ ކޮން އަގަކަށްކަމެއް އޭރު ހާމަކޮށްފައެއް ނުވެއެވެ. އެއަރޕޯޓާއެކު ހޮޓާ ހިންގަމުން އަންނަ ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އިންކޮށްފައިވާ އިޢުލާންގައިވަނީ އެއާޕޯޓާއި ހޮޓާ އަދި އެމަޝްރޫޢާއެކު ރިސޯޓް ތަރައްޤީކުރަން ދީފައިވާ ބ. އަތޮޅު ފުނަދޫ 50 އަހަރު ދުވަހުގެ މުއްދަތަކަށް ވިއްކާލުމަށް ނިންމާފައިވާކަމަށެވެ. 11.69 ހެކްޓަރުގެ އެރަށް ވިއްކާލުމަށް ނިންމާފައިވަނީ ރަށުގައި ރިސޯޓު ތަރައްގީކުރަން ޑިވެލޮޕްކޮށްފައިވާ 90 ވިލާގެ ކޮންސެޕްޓާވެސް އެކުއެވެ.

އިފުރުގައި ތަރައްގީކޮށްފައިވާ ރިސޯޓަކީ 56.52 ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. ޖުމްލަ 150 ބީޗްވިލާ ހިމެނޭއެ ރިސޯޓަކީ 300 އެނދުގެ ރިސޯޓެކެވެ. އެރިސޯޓު ތަރައްގީކޮށްފައިވަނީ ޖުމްލަ 6 ރެސްޓޯރެންޓާއި، ބާ ހިމެނޭ ގޮތަށެވެ. އެރިސޯޓު ސަރުކާރުން ދޫކޮށްފައިވަނީ 50 އަހަރަށެވެ.

އިފުރު އެއަރޕޯޓް ވިއްކާލުމަށް ނިންމާފައިވާއިރު، އެ އެއާޕޯޓު ހުޅުވާފައިވަނީ 2015 ވަނަ އަހަރުއެވެ. ކޯސްޓްލައިން ކުންފުނިން ތަރައްގީކުރި އެއާރޕޯޓު ިންގަމުން އަންނީ ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަނުނެވެ.
ކޮމެންޓު ފޮނުވާ