އަލްޖީރިއާގައި އާ ސަރުކާރެއް ގާއިމްކުރުމުގެ ފުރުސަތު ދެއްވުމުގެ ގޮތުން، އެގައުމުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފިއެވެ. އަދި ރައީސް އަބުދުލް މާޖިދު ޓޭއްބޯން ވަނީ އެގައުމުގެ ބޮޑުވަޒީރު އަބުދުލް އަޒީޒު ޖެރާޑްގެ އިސްތިއުފާ ގަބޫލުފުޅުވެސް ކުރައްވާފައެވެ.
ރައީސްގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، ބޮޑުވަޒީރު އަބުދުލް އަޒީޒު ޖެރާޑްގެ އިސްތިއުފާގެ އިސްތިއުފާ ގަބޫލު ކުރައްވާ، އާ ސަރުކާރެއް އެކުލަވާލެންދެން އޭނާ ވަގުތީ ބޮޑުވަޒީރު ކަމުގައި ހަމަޖައްސަވާފައެވެ.
ޖެރާލްޑް ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތޮއުފާ މި ދެއްވީ، އާދަޔާ ޚިލާފަށް މަދުން މީހުން ވޯޓުލާން ނިކުތް، ޖޫން 12ގެ މަޖިލިސް އިންތިޚާބަށްފަހު، އެއްވެސް ފަރާތަކަށް މަޖިލިހުގެ ސާފު މެޖޯރިޓީ ލިބިގެން ގޮސްފައި ނުވަނިކޮށެވެ. އަލްޖީރިއާގައި ބޮޑެތި މުޒާހިރާތަކާއި، އަދި ސިޔާސީ ހަމަނުޖެހުންތަކަށް ހައްލު ޖުލިބި ކުރިޔަށް ދާތާ 2 އަހަރެއްހާ ދުވަސް ވަނީ ފާއިތުވެގެން ގޮސްފައެވެ.
އަލްޖީރިއާގައި ގިނަ ދުވަސްތަކެއް ވަންދެއްނެ މުޒާހިރާ ކުރަމުންދާ "ހިރާކް ޕްރޮޓެސްޓް މޫވްމަންޓް"އިން ވަނީ މި އިންތިޚާބު ބޮއިކޮޓް ކޮށްފައެވެ. އިންތިޚާބުގައި ވޯޓު ލާފައިވަނީ އެންމެ %23 މީހުންންނެވެ. އަދި މިއީ މުޅި އަލްޖީރިއާގެ ތާރީޚުގައިވެސް އެންމެ މަދުން މީހުން ވޯޓުލާން ނިކުތް އިންތިޚާބުވެސް މެއެވެ.
މި އިންތިޚާބުގައި އެންމެ ގިނަ އަދަދެއްގެ ގޮޑު ކާމިޔާބު ކޮށްފައިވަނީ، އަލްޖީރިއާގެ އެންމެ ބޮޑު ޕާޓީ ކަމުގައިވާ ދަ ނޭޝަނަލް ލިބަރޭޝަން ފްރޮންޓް (FLN) އިންނެވެ. ޖުމްލަ 407 ގޮޑި ހިމެނޭ މަޖިލީހުން މި ޕާޓިއަށް ކާމިޔާބު ކުރެވިފައިވަނީ 98 ގޮޑިއެވެ.
މި ނަތީޖާއަކީ މި ޕާޓިން ކުރިން ހޯދާނެ ކަމަށް ބެލެވުނު ނަތީޖާއަށްވުރެ ރަގަޅު ނަތީޖާއެކެެވެ. (FLN)އަކީ 1962 ވަނަ އަހަރު ފްރާންސްގެ އަޅުވެތިކަމުން މިނިވަންވާން ކުރެވުނު މަސައްކަތުގެ ތެރެއިން އުފަންވެގެން އައި ޕާޓީއެކެވެ. އަދި އަލްޖީރިއާގައި 1990 ވަނަ އަހަރު ބޭއްވުނު އެންމެ ފުރަތަމަ އާންމު އިންތިޚާބާ ހަމައަށް އެގައުމުގައި އޮތީ މި ޕާޓީ އެކަންޏެވެ.