ރާއްޖެއިން ކޯވިޑް-19އަށް އިތުރު 172 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 17245 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 66 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 96 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހެކެވެ.
އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 72،466 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ވަނީ 4362 އަށް ދަށްވެފަ އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 41 މީހަކަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 379 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 67،886 އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،523 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.
ރާއްޖޭގައި ކޯވިޑް ބަލީގަ މިހާތަނަށް ނިޔާވި މީހުންގެ އަދަދަކީ 207 އެވެ. މީގެތެރޭގައި ހިމެނެނީ 189 ދިވެހިންނާ 18 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ