ވިއްސާރާގައި ގެއްލުންވި ގެތަކަށް 1.4 މިލިއަން ރުފިޔާގެ އެހީދެނީ

ވިއްސާރާގައި ގެއްލުންވި ގެތަކަށް 1.4 މިލިއަން ރުފިޔާގެ އެހީދެނީ

Author
މުޙައްމަދު ޖިމީ
23 ޖޫން 2021 02:39
0

މިދިޔަ މެއި މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ގެއްލުންވި ގެތަކަށް 1.4 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މެއި މަހު ކުރި ވިއްސާރަގައި ގެއްލުންވި 8 ރަށެއްގެ 384 ގެޔަކަށް ފައިސާގެ އިހީދިނުމަށް ނިންމަފައިވެއެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ހެދި އެސެސްމަންޓުން ދައްކާ ގޮތުގައި ޒަރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން 3.9 މިލިއަން ރުފިޔާއަށް އަރާއިރު، އެ ގެއްލުމަށް އެހީގެ ގޮތުގައި 794،015 ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ.

ގޭގެ އިމާރާތްތަކަށް ލިބުނު ގެއްލުން 642،849 ރުފިޔާއަށް އަރާކަމަށް އެސެސްމަންޓުން ދައްކާއިރު، އެހީގެ ގޮތުގައި އެ އަދަދަށް ފައިސާގެ އެހީ ދިނުމަށް ނިންމާފައިވެއެވެ.

މެއި މަހު ކުރި ވިއްސާރާގައި ހއ.ދިއްދުއާއި، ކުޅުއްދުފުށި ސިޓީއާިއ އެނޫންވެސް ބައެއް ރަށްތަކަށް އުދައަރައި ގެއްލުންވިއެވެ. އަދި ހއ.ހޯރަފުށި އެއަރޕޯޓަށްވެސް ގެއްލުންވެ، އުދުހުންތައް ހުއްޓާލަންވެސް ޖެހުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
ތިކަމުގަވެސް އެންމެ ބޮޑަށް ގެއްލުންވާނީ ބޭބެ ހިންގާ މަންދު ކޮލެޖަށް ނޫންބާ. ؟ އަނެއްކާވެސް ބައި އެޅޭ ގޮތަށް ލާރިގަނޑެއްދީ.