ޖިންސީ ގޯނާގެ މައްސަލާގައި ހިޔާގެ 7 މުވައްޒަފަކު ސަސްޕެންޑްކޮށްފި

ޖިންސީ ގޯނާގެ މައްސަލާގައި ހިޔާގެ 7 މުވައްޒަފަކު ސަސްޕެންޑްކޮށްފި

Author
މުޙައްމަދު ޖިމީ
23 ޖޫން 2021 12:43
0

ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އެތަނުގެ 7 މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ. އެމީހުން ސަސްޕެންޑްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން އެ މުވައްޒަފުން ސަސްޕެންޑްކޮށްފައިވަނީ އެއްމަސްދުވަހަށެވެ. އަދި މައްސަލަ ނިމުނުހާ އަވަހަށް އެމީހުންގެ ސްސްޕެންޑާމެދު ގޮތެއް ނިންމާނެކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާލުވިއެވެ.

ހިޔާގެ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފައިވާއިރު، ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ވަނީ ދޫކޮށްލާފައެވެ. އޭނާ ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ވަނީ އެފަދަ ގޯސްކަމއް ނުކުރާކަމަށް ބުނެފައެވެ. އެކުއްޖާއަކީ އޭނާގެ ގެއަށް ގޮސް އުޅޭ ކުއްޖެއްކަން ހިޔާގެ މުވައްޒަފުންނަށް އެނގޭނެކަމަށް އޭނާ ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.