ރާއިފަށް އިންސާފު ހޯދުމަށް މަޖިލީހަށް ކުއްލި މައްސަލައެއް

ރާއިފަށް އިންސާފު ހޯދުމަށް މަޖިލީހަށް ކުއްލި މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2021 10:50
0

ހުޅުމާލޭގައި މަރާލާފައި އޮއްވައި އުމުރުން 13 އަހަރު ކުއްޖަކު ފެނުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރާއިފް ނިސްބަތްވާ މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން 44 މެމްބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ. ކުޑަ ފިރިހެން ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ އާދީއްތަ ދުވަހުގައެވެ. އެ ކުއްޖާ ލަގެޖް ފޮށްޓަކަށް ލައި މަރަލާފައި އޮއްވާ މޫދުން ފެނުނީ އެ ކުއްޖާ ހޯދަން ފުލުހުން ކުރަމުން ދިޔަ މަސައްކަތުގެ ތެރޭގައެވެ.

ރާއިފް ފެނުނީ އަންގާރަ ދުވަހުގެ މެންދަމު 2:30 އެހާކަންހާއިރު ދެވަނަ ފިޔަވަހީގެ ސަރަހައްދަކުންނެވެ. ގދ. މަޑަވެއްޔަށް ނިސްބާތްވާ ރާއިފް މަރާލައިފައި އޮއްވާ ފެނުމުގެ ކުރިން އޭނާ ރަހީނު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހަށް ވެސް އޮތީ ހުށަހަޅައިފަ އެވެ. ފުލުހުން އައީ އެ މައްސަލަ ބަލަމުންނެވެ.

ރާއިފަށް އިންސާފު ހޯދައިދީ އަދި މުވައްސަސާތަައް އިހުމާލުވެފައިވޭތޯ ބަލަން ފިރުޝާން ހުށަހެޅުއްވި އިރު މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީ މިހާރު ވެސް ދަނީ އެ ކަމުގައި އިދާރާތައް އިހުމާލުވެފައިވޭތޯ ބަލަން ފަށައިފަ އެވެ.

މި މައްސަލާގައި އުމުރުން 17 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. 17 އަހަރުގެ ކުއްޖާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހިއިރު، 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޑ ޑާކްގުރޫ
ކިތަންމެ ކުއްލި ކުއްލިއަށް މައްސަލަ ހުށަހެޅިޔަސް އިންސާފެއް ހޯދައިނުދެވޭނެ. އެއީ ޝައްކެތް އޮތްކަމެއްނޫން. ތިޔަ މައްސަލަ ވެއްދިތަނުގަތިބީ ހުސް މުޖުރިމުންގެ ޑީލަރުން. ދެންކޮން އިންސާފެއް. އިންސާފު ލިބޭނެ ނަމަ ރޯޔަލް ރޭޕްކޭސްގެ ވިކްޓިމްއަށް އިންސާފު ލިބިފަ ހުންނާނީ. ތި ކޮށީގެ ގޮނޑިތަކަށް މެހިގަނެގެން ތިބޭ މުނާފިގުން ފަންޑުކުރާ ގްރޫޕްތައް ހައްތަހާވެސް
ބ ބާރީ
މިޝްޤާގެ މައްސަލައިގައި މަޖީލީހަށް ކީއްވެތޯ؟ ކުއްލި މައްސަލަ ހުށަނޭޅުނީ؟