ދުބާއީއަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ކަރަންޓީން ފުރިހަ ނުކުރައްވައި އުޅުއްވުމުގެ ސަބަނުން ޓްރާސްޕޯޓް މިނިސްޓަރ އައިޝާތު ނަހުލާ 1000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ކޮވިޑް ކޮންޓްރޯލް ކުރަން އެޗްޕީއޭއިން ރާއްޖޭގައި އަމަލު ކުރާ ކަރަންޓީނު އުސޫލުގައި ބުނާގޮތުން ރާއްޖެެއިން ބޭރުން އަންނަ ކޮންމެ މީހަކު 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ. މިނިސްޓަރު ޖޫރިމަނާ ކުރީ މާލޭގެ ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް ކަމަށް އަވަސް އަށް މައުލޫމާތު ދެއްވި ޓްރާސްޕޯޓް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.
ގަވާއިދު ބުނާ ގޮތުން ކަރަންޓީނު މުގުރައިފިނަމަ ފުރަތަމަ ޖޫރިމަނާ ކުރާނީ 1000ރ. އިންނެވެ. މިނިސްޓަރު ނަހުލާ ކަރަންޓީނު އުސޫލާ ހިލާފަށް ރެސްޓޯރަންޓެއްގައި އިންނަވަނިކޮށް ޖޫރިމަނާކޮށްފައި ވާއިރު މާލޭ ސަރަހައްދުގައި ރެސްޓޯރެންޓުތަކުގައި ޑައިނިންގެ ހިދުމަތް ހިދުމަތް ދިނުން އެޗްޕީއޭއިން އޮތީ މަނާވެސް ކޮށްފަ އެވެ.
މިއީ ސަރުކާރުގެ ވަޒީރަކު ކަރަންޓީނާއި ހިލާފްވެގެން ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކަރަންޓީންގެ އުސޫލުތަކާއި ޚިލާފްވުމުން އެޤައުމުތަކުގެ ރައީސުންނާއި، ވަޒީރުންވެސް ޖޫރިމަނާކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ