ދެ ލެޕްޓޮޕާއި ފޯނަކާއި ހާޑް ޑިސްކެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ވީޑިއޯއާއިއެކު އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ވީޑިއޯއިން ފެންނަ މީހާއަކީ މާލޭގެ ގެއަކުން ދެ ލެޕްޓޮޕާއި ހާޑް ޑިސްކަކާއި ފޯނެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ.
މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 487895 އެވެ.
ކޮމެންޓު ފޮނުވާ