ކުޑަކުއްޖާގެ މަރު: ތުހުމަތުކުރެވޭ މީހާ ޝަރީޢަތް ނިމެންދެން ބަންދަށް، ތުހުމަތުކުރެވޭ ކުއްޖާ 15 ދުވަހަށް

ކުޑަކުއްޖާގެ މަރު: ތުހުމަތުކުރެވޭ މީހާ ޝަރީޢަތް ނިމެންދެން ބަންދަށް، ތުހުމަތުކުރެވޭ ކުއްޖާ 15 ދުވަހަށް

Author
ޢަލީ އާދަމް
22 ޖޫން 2021 11:13
0

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވާ 27 އަހަރުގެ މީހާ ޝަރީޢަތް ނިމެންދެން ބަންދު ކުރަން އަދި 17 އަހަރުގެ ކުއްޖާ 15 ދުހަަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލާގައި ހިމެނޭ  17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ ޖުވެނައިލް ކޯޓުންނެވެ. އަދި 27 އަހަރުގެ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ކްރިމިނަލް ކޯޓުންނެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި މި ދެމީހުން ހައްޔަރު ކޮށްފައިވަނީ ކުއްޖާ މަރާލި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމުގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި މާލޭގެ ގެސްޓްހައުސް އަކުންނެވެ. ފުލުހުން ބުނީ، އެމީހުން ހައްޔަރު ކުރި ގެސްޓް ހައުސްގެ ކޮޓަރި ތެރެއިން ލޭ ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާގޮތުގައި އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ27 އަހަރުގެ މީހާއަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ. އޭނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަރާލާފައި އޮތް 13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް އެކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ. މި ކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.