ހާލުގައި ޖެހިގެން އައިސް، މާލޭގެ ފަޅު ތެރެއަށް ވަތް ރާއްޖޭން ބޭރުގެ ޔޮޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފުން ބުނީ، އެ ޔޮޓުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރާއްޖޭގެ ލޯކަލް އެޖެންޓް މެދުވެރިކޮށް ކަމަށެވެ.
މި ޔޮޓު ނަސަންދުރައާ ދިމާއިން މާލޭ ފަޅުތެރެއަށް ވަދެފައި ވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 5 ޖަހާ ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި ޔޮޓު މިހާރު އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ހުޅުމާލެއަށް ގެންގޮސް މިކަމާގުޅޭގޮތުން ބަލަންޖެހޭ އިތުރު ކަންތައްތައް ބަލަމުން ގެންދާކަމަށް ފުލުހުންނާއި އެމްއެންޑީއެފުންވެސް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ