ލާއިންސާނީ ޖަރީމާތައް ޖެހިލުމެއްނެތި ހިންގަން މެދުވެރިވާ ސަބަބުތައް ދެނެގަންނަން ޖެހޭ: އެމްޑީޕީ

ލާއިންސާނީ ޖަރީމާތައް ޖެހިލުމެއްނެތި ހިންގަން މެދުވެރިވާ ސަބަބުތައް ދެނެގަންނަން ޖެހޭ: އެމްޑީޕީ

Author
ޢަލީ އާދަމް
22 ޖޫން 2021 06:47
0

ލާއިންސާނީ ޖަރީމާތައް ޖެހިލުމެއްނެތި ހިންގަން މެދުވެރިވާ ސަބަބުތައް އިތުރަށް ދެނެގަނެ، ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅިދައުލަތް އެކުގައި މަސައްކަތްކުުރުން ނުހަނު މުހިންމު ކަމަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ބުނެފި އެވެ.

ހުޅުމާލޭގައި އުމުރުން އެންމެ 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކުރުމަށްފަހު މަރާލާފައިވާތީ ކަންބޮޑުވުން ފާޅުކޮށް، އެ ޢަމަލު އެންމެ ހަރުއަޑުން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނާޒުކު އުމުރު ފުރައިގެ ކުއްޖަކު މަރާލުމަކީ އެޖަރީމާ ހިންގި ބަޔަކުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާކަމުގެ ހެއްކެއް ކަމަށެވެ.

އަދި ރާއްޖެ ފަދަ ކުޑަކުޑަ މުޖުތަމައުގައި މިފަދަ ޖަރީމާތައް ޖެހިލުމެއްނެތި ހިންގަން މެދުވެރިވާ ސަބަބުތައް ދެނެގަނެ، ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރުގަދަ އަޒުމަކާއެކު ހަރުދަނާގޮތެއްގައި މުޅިދައުލަތް އެކުގައި މަސައްކަތްކުުރުން މުހިންމު ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި އަވަސް އަދި ފުރިހަމަ ޖިނާއީ ތަޙްޤީޤެއް ހިންގައި، މުޖިރިމުންނަށް ޙައްޤު އަދަބު ލިބިދިނުން ކަށަވަރުކުރުމުގައި ފަރުވާކުޑަކުރުމެއްނެތި އަމަލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަަސާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތެއް
ގާނޫނު ހަދާފަ ތަންފީޒުނުކުރެވޭ މުޖުތަމައުއެއްގެ ކަންތައްތައް ހުންނާނީ މިފަދަގޮތަކަށް. މަސްތުވާތަކެތީގެ ވަބާގައިޖެހި މުޅިގައުމު ހަލާކުވެއްޖެ . އެތެރެކޮށްވިއްކާތީ ހައްޔަރުކުރާމީހާ ހައްޔަރުކޮށްފަ އެމީހާ ވިއްކިއެއްޗެހީގެ ކިލޯ ހަމަނުވެގެން ދޫކޮށްލީމަ ވާނެގޮތް މިއޮތީފެންނަން. ހައްގުއަދަބުދޭވާހަކަ ނުދައްކާ އެންމެމީހަކަށްވެސް ހައްގުއަދަބުދީބަލަ .