ސަޢުދީގެ ދެ ސަހަރަހައްދަކަށްދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސަޢުދީގެ ދެ ސަހަރަހައްދަކަށްދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Author
މުޙައްމަދު ޖިމީ
22 ޖޫން 2021 03:26
0

ސައޫދީ ޢަރަބިއްޔާގެ ދެ ސަރަޙައްދަކަށް އަމާޒުކޮށް ދިން ޙަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ސަޢޫދީޢަރަބިއްޔާގެ ޚަމިސް މުޝައިތް އަދި ނަޖްރާން އަށް އަމާޒުކޮށްގެން ދިން ޑްރޯން ޙަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށް، ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ދިވެހި ސަރުކާރުން ދެކޭ ގޮތުގައި އާއްމުންނަށް އަމާޒުކޮށް ދެވޭ ޙަމަލާތައް މިގޮތަށް އިތުރު ވެގެން ދިޔުމަކީ އެސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ހުރަސް އެޅޭ ކަމެއްކަމަށެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު މަޝްވަރާކޮށް، އެސަރަހައްދަށް ހަމަޖެހުން ގެނައުން މުހިއްމުކަމަށް ދިވެހި ސަރުކާރުން ދެކޭކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ނެރުނު ބަޔާނުގައި ދިވެހި ސަރުކާރު އޮތި ސަޢޫދީޢަރަބިއްޔާގެ ސަރުކާރާއި، ސައޫދީގެ އުޚުތްތެރި ރައްޔިތުންނާއެކުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.