ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ އަމަލު ބަޔާންކުރާ ބިލަށް ތާއިދުކޮށް ބަޔާން ނެރެފައިވާ ޖަމްއިއްޔާއަކީ އެމްޑީޕީގެ ޝައިޚެއް ކަމުގައިވާ ހުސެއިން ރަޝީދު ނިސްބަތްވާ ޖަމްއިއްޔާއަކުން ނެރެފައިވާ ބަޔާނެއްކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ނަފްރަތު ބިލާއި ދެކޮޅަށް ރާއްޖޭގެ ދީނީ ޖަމްއިއްޔާތަކާއި، ދީނީ ޢިލްމުވެރިންނާއި، ކައުންސިލްތަކާއި، އާންމު ފަރުދުން ބަޔާންނެރެ ޝުޢޫރު ފާޅު ކުރަމުންދާއިރު، މިއީ މި ބިލާއި އެއްކޮޅަށް ޖަމްއިއްޔާކުން ތާއީދު ނެރުނު ފުރަތަމަ ބަޔާނެވެ. މިބަޔާނުގައި ޤުރުއާނުގެ އާޔްތަތަކާއި އޭގެ މާނައާއެކު ނަފްރަތު ބިލަށް ތާއީދުކޮށް ވަނީ ތަފާތުވާހަތައް ލިޔެފައެވެ.
ނަފްރަތު ބިލަށް ތާއީދުކޮށް "މަމްއިއްޔަތުލް އުލަމާ" އިން ނެރުނު ބަޔާނާއި ގުޅިގެން ޝައިޚު އަލީ ޒައިދު ވިދާޅުވީ މިޖަމްއިއްޔާއަކީ އެމްޑީޕީއަށް ނިސްބަތްވާ ޝައިޚު ހުސެއިން ރަޝީދު ނިސްބަތްވާ ޖަމްއިއްޔާ އެއްކަމަށެވެ.
ނަފްރަތު ބިލަށް ސަޕޯޓް ކުރާ މޭރުމުން ނޫސްބަޔާން ނެރެފައިވާ ޖަމްއިއްޔާ އަކީ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގެންނަވާ ފަލީލަތުއްޝައިޚު ހުސެއިން ރަޝީދު ނިސްބަތްވެ ވަޑައިގަންނަވާ ޖަމްއިއްޔާއެއް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވެއެވެ! މީވާ މައުލޫމާތަށްޓަކައި މިވާހަކަ ހިއްސާ ކޮށްލަމެވެ.
– އަލީ ޒައިދު ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން، މުސްލިމުންގެ ބޮލުގައި ދީނާއި ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި، މުޖުތަމައުގައި ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފައްދައި، އާޚިރު ނަތީޖާއެއްގެ ގޮތުން، އެމީހުންގެ ލޭ ހުއްދަކަމަށް ބަޔަކަށް ޤަބޫލުކުރެވި، އެމީހުން މަރައި އަދި، ގެއްލުވާލުމުގެ ހާދިސާތަކެއް ދިވެހިރާއްޖޭގައި ހިނގާފައިވާތީ، ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެ ޕާޓީން އެދެނީ ވީހާވެސް އަވަހަކަށް މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ދީނާއި ގުޅުވައިގެން، މުޖުތަމައުގައި ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް ނިމުމެއް އައުން ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން މިހެން ބުނެފައި ވީނަމަވެސް ނަފްރަތުގެ އަމަލު ބަޔާންކޮށް ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް ގިނަބަޔަކު ގެންދަނީ އަޑުއުފުލަމުންނެވެ. އެގޮތުން މި ބިލާއި ދެކޮޅު ހެދުމުގެ ގޮތުން ރާއްޖޭގެ ގިނަ އަދަދެއްގެ ކައުންސިލްތަކުން، ދަނީ ބަޔާން ނެރެމެންނެވެ. އަދި މިބިލާއި ދެކޮޅަށް ބައެއް ރަށްރަށުގައި ދަނީ މުޒާހަރާވެސް ކުރަމުންނެވެ.
އަދި ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ